މެންޗެސްޓާ ސިޓީގެ ވެރިން އެ ކުލަބުގެ ކޯޗު ޕެޕް ގާޑިއޯލާގެ އެއްބަސްވުން އައުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
އަންނަ އަހަރު ހަމަވާ އެއްބަސްވުމަށްފަހު ކުލަބު ދޫކޮށްލަން ކުރިން ގާޑިއޯލާ ނިންމާފައިވީ ނަމަވެސް އޭނާގެ ނިންމުން މިހާރު ވަނީ ބަދަލުވެފަ އެވެ.
އެގޮތަށް ނިންމުން ބަދަލުވުމުގައި އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ކަމަށް ތޯމަސް ޓުޗެލް ހަމަޖެހުން ބޮޑު ދައުރެއް އަދާކުރި ކަމަށް ބެލެވެ އެވެ.
ދެހާސް ސޯޅައިގައި ސިޓީއާ ހަވާލުވި ގާޑިއޯލާ ވަނީ މިދިޔަ ސީޒަނުގައި ކުލަބާއެކު ޓްރެބަލް ހާސިލުކޮށްފަ އެވެ. އެގޮތުން ޗެމްޕިއަންސް ލީގާއި ޕްރިމިއަ ލީގު އަދި އެފްއޭ ކަޕް ހޯދައި، ޕްރިމިއާ ލީގުގައި މެންޗެސްޓަ ޔުނައިޓެޑް ފިޔަވައި އެހެން އެއްވެސް ޓީމަކުން ނުހޯދާ ކާމިޔާބީއެއް ހޯދި އެވެ.
ސިޓީއާ ހަވާލުވުމުގެ ކުރިން ގާޑިއޯލާ ވަނީ ސްޕެއިންގެ ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާން މިއުނިކަށްވެސް އިރުޝާދު ދީފަ އެވެ.