ޖިންސީ ގޯނާ

އަންހެން ދަރިފުޅާ ބެހުނު ބައްޕައަކު ހައްޔަރުކޮށްފި

Jun 28, 2020
3

އެކި ދުވަސް މަތިން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ގަދަ ކަމުން ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށް އޭނާގެ މައްޗަށް ތަހުގީގެއް ފަށައިފި އެވެ.

ހައްޔަރު ކޮށްފައި ބައްޕައަކީ 35 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނަށް އެ މައްސަލަ ހުށަހެޅުމުން ކޯޓު އަމުރެއްގެ ދަށުން މިދިއަ ބުރާސްފަތި ދުވަހު އެވެ.

ފުލުހުން ބުނީ އެ މީހާގެ ބަންދަށް ކޯޓުން އަށް ދުވަސް ދީފައިވަ ކަމަށެވެ. ނަމަވެވެސް އެ މައްސަލައިގެ އިތުރު ތަފުސީލު ތަކެއް ނުދެ އެވެ.

މި މައްސަލ ދިމާވި އިރު ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި މައްސަލައެއްގައި ހިމެނެ މީހުން ހައްޔަރު ކުރުމަށްފަހު ދޫކޮށްލި މައްސަލައެއްގައި ފުލުސް އިދާރާއަށް ތަފާތު ތުހުމަތައް އަމާޒުވެފައި ވެއެވެ.