ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާދަމާ ސަރުކާރު އޮފީސްތައް ހުޅުވާނެ: ރައީސް

Jun 30, 2020
1

ގިނަ ދުވަސްތަކަށްފަހު މާދަމާ ސަރުކާރު އޮފީސްތައް ހުޅުވަން ހަމަޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކުރިތާ މިހާރު ވަނީ ތިން މަހަށްވުރެ ގިނަ ދުވަސްވެފަ އެވެ. ނަމަވެސް ބައެއް އަސާސީ ހިދުމަތްތަކަށް އޮފީސްތައް ކޮންމެވެސް ވަރަކަށް ހުޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ މަސައްކަތްތައް ނިންމި، އާ މަރުހަލާއަކަށް ރާއްޖެ ދާނެ ކަމަށެވެ. މާދަމާ ސަރުކާރު އޮފީސްތައް ހުޅުވި ކުރިއެކޭ އެއްގޮތަށް މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.

އޮފީސްތަކުގެ އިތުރުން ކެފޭ/ރެސްޓޯރެންޓްތައް ވެސް ހުޅުވިގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ، އެންއީއޯސީގައި ތިން މަހަށްވުރެ ގިނަ މަސައްކަތްކޮށް ދިން ސިއްހީ ހިދުމަތްތެރިންނާއި ސަރުކާރުގެ މުވައްޒަފުންނާއި ވޮލެންޓިއަރުންގެ އަގުވަޒަން ކުރައްވާފަ އެވެ.

ކޮވިޑް ނެތް ރަށްރަށުގަައި މާދަމާ ސްކޫލްތައް ވެސް ހުޅުވާލާނެ އެވެ. ހުރިހާ ތަނެއް ވެސް ހުޅުވާލާނީ ނިއުނޯމަލްގެ ގައިޓްލައިންތަކަށެވެ. އެގޮތުން ގައިދުރުކުރުމާއި މާސްކު އެޅުމާއި އަތް ދޮވެވޭ ގޮތް ހުންނަން ޖެހެ އެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުނުތާ 100 އަށްވުރެ ގިނަ ދުވަސްވެފައިވާއިރު ލޮކްޑައުންއަށް ލުއިތައް ދޭން ފެށިތާ ވެސް ވަނީ ދެ ހަފުތާވެފަ އެވެ. ލުއިތައް ދޭން ފެށި ފަހުން ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު މަދެވެ. އެގޮތުން މިހާރު 22 އަށްވުރެ އިތުރަށް ދުވާލަކު ކޭސް ފެނިފައެއް ނުވެ އެވެ. ނަމަވެސް ކޮންމެ ދުވަހަކު ވެސް 800 ޓެސްޓް ހަދަ އެވެ.