ވިޔަފާރި

ދިރާގު ޕްލޭއަށް ސޮނީގެ ޗެނަލްތައް

Jul 3, 2020

ދިރާގުން ދާދި ފަހުން ތައާރަފު ކުރި "ދިރާގު ޕްލޭ" މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ސޮނީގެ ހުރިހާ ޗެނަލްތައް ބަލާލެވޭނެ އެވެ.

މި މޮބައިލް އެޕްލިކޭޝަނަކީ ލައިވް ޓީވީ، އަދި ވީޑިއޯ އޮން ޑިމާންޑްގެ ތަފާތު ގިނަ ކޮންޓެންޓް ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ވެސް ބަލާލެވޭނެ ގޮތަށް ހަދާފައިވާ މޮބައިލް އެޕްލިކޭޝަނެކެވެ.

ދިރާގު ޕްލޭ މިހާރު ހުޅުވާލާފައިވަނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށެވެ. ޕެކޭޖް ސަބްސްކްރިޕްޝަނަކާއެކު ބޭނުން ކުރެވޭ މި އެޕްގެ މުޅިން އައު ޕެކޭޖް ކަމަށްވާ "ޕްލޭ މޯ" ޕެކޭޖް އިންޓްރޯޑަކްޓަރީ އޮފަގެ ދަށުން 30ރ. ގެ ސަބްސްކްރައިބް ކޮށްލެވޭނެ އެވެ. މި ޕްކޭޖްގައި ކަސްޓަމަރުންނަށް މިހާރު 34 ޗެނަލް ބަލާލެވޭނެވެ. ޕެކޭޖްގެ ވެލިޑިޓީއަކީ އެކްޓީވޭޓް ކުރާތާ 30 ދުވަހެވެ.

ދިރާގު ޕްލޭ އަކީ ހަމައެކަނި ލައިވް ޓީވީ ބަލާލެވޭ އެޕްލިކޭޝަނެއް ނޫނެވެ. މި އެޕަކީ އެންމެ ފަހުގެ ސްޓްރީމިން ހިދުމަތްތަކުގައި އެކުލެވޭ ޒަމާނީ ފީޗާތައް ހިމަނައިގެން ފަރުމާ ކޮށްފައިވާ އެޕެކެވެ.

މި އެޕުން ޕްރޮގުރާމްތައް ކުރީބައިގައި ރިކޯޑް ކޮށް، އަދި ހަދާންނެތިގެން ބޭނުންވާ ޕްރޮގުރާމެއް އެއް ބަލާނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލާ ވެސް ލެވޭނެއެވެ. ހަމައެއާއެކު ބަލަމުން ގެންދާ ޕްރޮގުރާމެއް ބަލަމުން ދާ އިރު އަލުން އެ ޕްރޮގުރާމެއް ފަށައިގެން ބަލާލެވޭނެ އެވެ.

ދިރާގުން އަބަދު ވެސް މަސައްކަތްކުރަމުން ދަނީ ދިރާގުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ މުނިފޫހިފިލުމުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް މުއްސަދިކުރުމަށެވެ. އެގޮތުން ހަބަރު، ކުޅިވަރު އަދި ލައިފްސްޓައިލް ކޮންޓެންޓް ފަސޭހަކާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.