ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސްޕެއިންގެ އިތުރު ސަރަހައްދެއް ލޮކްޑައުންކޮށްފި

Jul 5, 2020

މެޑްރިޑް (ޖުލައި 5) - ކޮވިޑް-19 ފެތުރޭ މިންވަރު އަނެއްކާ ވެސް އިތުރުވުމާ ގުޅިގެން، ސްޕެއިންގެ އިތުރު ސަރަހައްދެއް އަނެއްކާ ވެސް ލޮކްޑައުން ކޮށްފި އެވެ.

ކެޓެލޯނިއާ ލޮކްޑައުން ކުރިތާ އެއް ދުވަސް ފަހުން، ސްޕެއިންގެ ހުޅަނގު އުތުރުގައި ގާތްގަނޑަކަށް 70،000 އެއްހާ މީހުން ދިރިއުޅޭ ގެލީސިއާއަށް ވަދެ ނުކުތުން ވަނީ މަނާ ކޮށްފަ އެވެ.

ކަމާބެހޭ ސިއްހީ އިދާރާ އިން ބުނި ގޮތުގައި، އާ ކޭސްތަކުގެ އެންމެ ބޮޑު ކްލަސްޓާތައް ގުޅިފައި ވަނީ އެ ސަރަހައްދުގެ ބާތަކާ ކަމަށާއި ގެލީސިއާ އިން 258 ކޭސް މިހާތަނަށް ފެނިފައިވާ ކަމަށެވެ.

އެގޮތުން، ބާތަކާއި ރެސްޓޯރަންޓުތަކުގެ ކެޕޭސިޓީ ދެ ބައި ކުޅަ އެއް ބަޔަށް މަދު ކުރުމާއެކު، އާއްމުން ގިނަ ތަންތަނުގައި މާސްކު އެޅުން ވެސް މިހާރު ވަނީ ލާޒިމު ކޮށްފަ އެވެ.

ކެޓެލޯނިއާގެ އިތުރުން ގެލީސީއާގައި ވަރިރަސް ފެތުރޭ މިންވަރު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ސްޕެއިންގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަދި ގައިދުރުކުރުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރަށް ސަމާލުކަން ދިނުމަށް ރައްޔިތުންނަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ސްޕެއިންގައި އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 205،545 އަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 28،385 މީހުން ވަނީ މަރުވެފަ އެވެ.