ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސްޕެއިން: ބަލި ކޮންޓްރޯލްވެފައިވާކަމުގެ ޔަގީކަން ދީފި

Jul 27, 2020

މެޑްރިޑް (ޖުލައި 27) - ސްޕެއިންގައި މި ފަހުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވި ނަމަވެސް، ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ލޮކްޑައުން ލުއި ކުރި ފަހުން، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވުމާއެކު، ސްޕެއިނުން ދާ މީހުން ކަރަންޓީނުވުން އިނގިރޭސި ވިލާތުން ވަނީ ލާޒިމު ކޮށްފަ އެވެ.

ނަމަވެސް، ބަލި ޖެހުނު މީހުން އެކަހެރިކޮށް، ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމުގެ ޔަގީންކަން ސްޕެއިންގެ ފޮރިން މިނިސްޓަރު ވަނީ ދެއްވާފަ އެވެ.

"ރައްޔިތުންނަށާއި ޓޫރިސްޓުންނަށް ވެސް ސްޕެއިންއަކީ ރައްކާތެރި ގައުމެއް،" އިނގިރޭސި ވިލާތުގެ ފިޔަވަޅަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ސްޕެއިންގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 272،000 ހުރަސް ކޮށްފައިވާއިރު، އޭގެ ތެރެއިން 28،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ނަމަވެސް، ފާއިތުވި ދެ ހަފުތާގެ ތެރޭގައި ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ތިން ގުނައަށް އިތުރުވެފަ އެވެ. އެގޮތުން، މިދިއަ ހުކުރު ދުވަހުވެސް 900 މީހުނަށް އެ ބަލި ޖެހިފައި ވެއެވެ.