ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާ: އެއް ދުވަހު ކޮވިޑު ޖެހުނު މީހުންގެ ރެކޯޑެއް

Jul 13, 2020

ނިއު ދިއްލީ (ޖުލައި 13) - އިންޑިއާގައި މިއަދު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދަކީ އެ ގައުމުގައި އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަކަކަށް އެ ބަލި ޖެހިފައިވާ މީހުން ފެނުނު ދުވަސްކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

އެގޮތުން، މިއަދުގެ ހެނދުނާ ހަމައަށް 28,701 އާ ކޭސް ފެނިފައިވާއިރު، އެ ބަލީގައި މިއަދު އިތުރު 500 މީހުން މަރުވެފައިވާކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

އެއާއެކު އިންޑިއާގައި އެ ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު 878,254 އަށް އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 23,174 ވަނީ މަރުވެފަ އެވެ.

އެމެރިކާ އާއި ބްރެޒިލް އަށް ފަހު މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ މީހުނަށް ބަލި މިހާރު ޖެހިފައިވަނީ އިންޑިއާ ގައި އެވެ.

އެގޮތުން، އެ ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާ އާ ގާތްގަނޑަކަށް އާބާދީގެ ނިސްބަތް އެއް ހަމައެއްގާ ހުރި ނަމަވެސް، ޗައިނާ އާ އަޅާބަލާއިރު، އިންޑިއާގައި އެ ބަލި ޖެހުނު މީހުން އަށް ގުނަ އިތުރެވެ.

ބަލި ފެތުރޭ މިންވަރު އިތުރުވަމުން ދިއުމާ ގުޅިގެން، ބައެއް ސަރަހައްދުތައް އަލުން އަނބުރާ ލޮކްޑައުނަށް ވަނީ ދާން ފަށައިފަ އެވެ.