ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާ: މިދިއަ މަހު އެކަނި ކޮވިޑު ޖެހުނު އަދަދު ދެ މިލިއަނަށް

Sep 1, 2020

ނިއު ދިއްލީ (ސެޕްޓެމްބަރު 1) - އިންޑިއާގައި މިދިއަ އޯގަސްޓު މަހު ދެ މިލިއަނެއްހާ މީހުނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިއީ މި ބަލާއާފާތް މުޅި ދުނިޔެއަށް ކުރިމަތިވި ފަހުން، އެއް ގައުމަކުން އެއް މަހުގެ ތެރޭގައި އެންމެ ގިނަ މީހުނަށް ބަލި ޖެހުނު ރެކޯޑެކެވެ.

ރެކޯޑް އަދަދަކަށް ބަލި ޖެހުމުގެ އިތުރުން، އިންޑިއާގައި މިދިއަ މަހު 28،000 އަށް ވުރެ ގިނަ މީހުން އެ ބަލީގައި ވަނީ މަރުވެފަ އެވެ.

ބަލި ފެތުރޭ މިންވަރު އިންތިހާއަށް މަތިވެފައިވީ ނަމަވެސް، އިގުތިސޯދު ކޮޅަށް ޖެހުމަށްޓަކައި ސަރުކާރުން ދަނީ ބަލި ފެތުރުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރަމުންނެވެ.

ފިޔަވަޅުތައް ލުއި ކުރުމާއެކު، އިންޑިއާގައި ދުވާލެއްގެ މައްޗަށް އެވަރެޖު ގޮތެއްގައި 64،000 މީހުނަށް ވަނީ ބަލި ޖެހިފަ އެވެ. މިއީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު، 84 ޕަސަންޓުގެ އިތުރުވުމެކެވެ.

މިއީ ދުނިޔޭގެ ނިސްބަތުން އެންމެ މަތީ އެވަރެޖް އެވެ. އެގޮތުން، މިހާތަނަށް އެންމެ ގިނަ މީހުނަށް ބަލިޖެހިފައިވާ އެމެރިކާގައިވެސް ދުވާލެއްގެ އެވަރޭޖު ހުރީ 47،000 ގައި އެވެ.

އިންޑިއާގެ ރަށްފުށު ހިސާބުތަކަށްވެސް ބަލި މިހާރު ފެތުރިފައިވާކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، ސަރުކާރުން ވަނީ ޓެސްޓު ކުރާ މިންވަރު އެތައް ގުނައެއް އިތުރުކޮށްފަ އެވެ.