ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ރައްކާތެރިކަމުގެ ދަހަނާ ބާލަކަށް ނުވޭ!

ދުނިޔެ އަދިވެސް މި އޮތީ ކޮވިޑްގެ ބޮޑު ބަލިމަޑުކަމުގެ ތެރޭގަ އެވެ. މި ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރެވެން ހުރި ކަަންކަމުގެ ވާހަކަ ތަކުރާރުކޮށް ދަނީ ކަމާބެހޭ ފަރާތްތަކުން ދައްކަމުންނެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް އޮތީ އަތްދޮވުމާއި ގައިދުރު ކުރުމާއި އަދި ބަލިން ރައްކާތެރިވުމުގެ ހާއްސަ ދަހަނާ، މާސްކް އެޅުމެވެ. ބަލި ކޮމިއުނިޓީ ސްޕްރެޑަށް ދިޔަ ދުވަސްވަރު މާލެއިން މާސްކް ހުސްވެގެން ދިޔަ އިރެއްވެސް އައެވެ. އަދި އެންމެން މާސްކް އަޅަން ނުބުނަނީ ކީއްވެތޯ އަހަމުން ދިޔަ ދުވަސްތައް ވެސް އައެވެ.

ކޮމިއުނިޓީ ސްޕްރެޑާއެކު އައި ލޮކްޑައުންގެ ދަތި ވެސް ތަޖުރިބާ ކުރެވިއްޖެ އެވެ އަދި ނިއުނޯމަލްއަކަށް މާލެ ހުޅުވާލާ މިހާރު ބޯޑަރު ހުޅުވާލަން ދާއިރު ކޮވިޑް-19 އިން ރައްކާތެރި ވުމަށް އަދިވެސް މާސްކް ވަރެއް ނެތެވެ. އެހެންކަމުން ބޭރަށް ނުކުންނަ އިރު މާސްކެއް މޫނަށް ހެޔޮވަރު ކޮށްލަން އަދިވެސް ޖެހެ އެވެ.

އާއްމުކޮށް ކުރިން މަގުމަތިން މީހަކު މާސްކްއެއް އަޅައިފިއްޔާ އެމީހަކީ އެހެން މީހުންނާއި ތަފާތުވާނެ މީހާ އެވެ. މި ދުވަސްވަރަކީ ކަމާބެހޭ ފަރާތުގެ އިރުޝާދުގެ ދަށުން ގިނަ ބަޔަކު މާސްކް އަޅާ ދުވަސްވަރެކެވެ.

މާސްކަކީ ކުރިން އާއްމުކޮށް ބޭނުން ނުކުރާ އެކްސަސަރީއެއް އެއް ކަމުން މާސްކާއި ގުޅޭ ގިނާ ޝަކުވާ އޮވެއެވެ. އެއްބަޔަކު ބުނާ ގޮތުން މާސްކް އަޅާ އަޅާ ކަންފަތް ކައިރި ކަނޑައިގެން ގޮސްފި އެވެ. އަނެއް ބަޔަކު އުޅެނީ މާސްކް އާއި ހެދި ނޭވާލާން އުނދަގޫ ވެގެނެވެ. އަނެއްބަޔަކު ބުނަނީ މާސްކް އަޅުވާ އިލާސްޓިކާއި ހެދި ކަންފަން ލެނބިއްޖެ އެވެ.

އަނެއް ބަޔަކީ ލޮލުގެ ފެނުމުގެ މައްސަލައިގެ ސަބަބުން އައިނު އަޅަންޖެހިފައިވާއިރު މި މީހުންނަށް މާސްކް ވީ އިތުރު ތުރާލާށެވެ. ނޭވާލުމުން އައިނު އުދާސްވެ ތަނެއް ދޮރެއް އެ މީހުންނަށް ނުފެންނަ ފަހަރުވެސް ދެ އެވެ. ބައެއް މީހުން އާއްމުކޮށް ބޭނުން ކުރަނީ ސާޖިކަލް މާސްކެވެ. ނޭވާލާން ފަސޭހަވެފައި އެ ތުންޏެވެ. އެހެންކަމުން ހާސްކަން ކުޑައެވެ.

ރީތި އެއް ކުލައިގެ ފޮތިންނާއި ޕްރިންޓެޑް ފޮތިން ފަހަފާއި ހުރި މާސްކް ލިބެން ހުރެ އެވެ. އެހެންވެ މާސްކަކީ ދަހަނާއެއް ކަމުގައި ވިއަސް އެއް ބަޔަކަށް މިއީ ފެޝަން ސްޓޭޓްމަންޓެކެވެ.

ހުރިހާ ކުލައެއްގެ މާސްކްތައް ފެނެއެވެ. މީގެ އިތުރުން އެކި ޑިޒައިންނަށް ފަހާފައި ހުރި މާސްކް އަޅައިގެން އުޅޭތަން ފެނެއެވެ. ބުރުގާ އަޅާމީހުންނަށް ހާއްސަކޮށް ހުޅި މަތިން ގޮށެއް އަޅުވާލާ މާސްކެވެ. މި މާސްކަކީ ބުރުގާގެ މަތިން ފަސޭހައިން އަޅުވާލެވޭ އެއްޗެކެވެ. ފެޝަނަށް ލޯބި ކުރާ މީހުންނަށް ބޭންޑްއަކާއި ގުޅުވާލާ މާސްކް ވެސް ހުރެ އެވެ. ބޯހީމިއަން ޑިޒައިން އަދި ޝީކް ޕްރިންޓާއި އެކި އެކި ބޯލްޑް ކުލަކުލައިން މާސްކް އަޅާފައި ތިއްބެވެ.

ކޮންމެ ޑިޒައިނެއް ނުވަތަ ކުލައެއް ނަމަވެސް ސިއްހީ މާހިރުން ކަނޑައަޅާފައިވާ ސްޓޭންޑަޑަށް ހުންނަ މާސްކެއް ނަމަ ބަރާބަރެވެ. ފޯބްސް މަަޖައްލާގައި ލިޔެފައިވާ ލިޔުމެއްގައި މާސްކް އެޅުން ސިފަކޮށްފައިވަނީ އެއީ އެކަކު އަނެކާއަށް ކުރާ އިހްތިރާމެއްގެ ގޮތުގަ އެވެ.

މާސްކް ނާޅާ މަގުމަތީގައި އުޅޭ މީހުން ވެސް މަދެއް ނޫނެވެ. ސާޖިކަލް މާސްކް ބޭނުން ކޮށްފައިވާ މަގުމައްޗަށް ޒިންމާދާރު ކުޑަގޮތަކަށް އުކާލާފައިވާ މަންޒަރު ވެސް ފެނެއެވެ. މާސްކެއް މޫނުމަތީ އޮތަސް ވަރަށް ގިނަ ފަހަރަށް ފެންނަ އެއް މަންޒަރަކީ މާސްކް އޮންނަނީ ދަތްދޮޅީގަ އެވެ. އެ އެޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ގިނަ މީހުންނާއި ކޮންޓެކްޓްވާ ޓޭކްއަވޭސް ކައިރީ މާސްކް ނާޅާ ބޮނޑި ވެގެން މަޖާ ކުރަން ވާހަކަ ދައްކާ މަންޒަރު ވެސް މަޑު މަޑުން އަންނަނީ އާއްމުވަމުންނެވެ.