ފިނިޕޭޖް

މޯނީ ރޯއީ ޑުބާއީ ލޮކްޑައުންގައި ތާށިވެފައި

ކޮރޯނާވައިރަހާ ހެދި ގައުމުތައް ލޮކްޑައުންކޮށް އިންޓަނޭޝަނަލް ފްލައިޓްތައް ހުއްޓާލާފައި ވާތީ ބަތަލާ މޯނީ ރޯއީ ޑުބާއީގައި ތާށިވެފައި ހުންނަތާ ހަތަރު މަސް ދުވަސް ވެއްޖެ އެވެ. ނަމަވެސް ދާދި ފަހުން މޯނީ އިންސްޓަގްރާމްގައި ޕޯސްޓު ކުރި މެސެޖެއްގައި ބުނެފައި ވަނީ މިހާރު އިންޑިޔާއަށް އެނބުރި އާދެވޭނެ ގޮތެއް ވެއްޖެ ކަމަށެވެ.

ފޭސް މާސްކާއި ޝީލްޑް އަޅައިގެން މޯނީ ހުއްޓާ ފެންނަ ވީޑިއޯއެއް ޝެއާ ކުރަމުން މޯނީ ބުނީ އިންޑިޔާއަށް އުދުހެން އޭނާ ތައްޔާރުވެފައި ހުރި ކަމަށެވެ.

އިންޑިޔާގެ ނޫހަކަށް މީގެ ދުވަސްކޮޅެއް ކުރިން މޯނީ ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވަނީ އާއިލާއާ ވަކިން ބޭރު ގައުމެއްގައި ހުންނަން ޖެހުމުން އާއިލާ މީހުން މަތިން ވަރަށް ހަނދާން ވާ ކަމަށެވެ.

"އަހަރެން މިތަނުގައި ވެސް މިހިރީ ކުޑައިރުއްސުރެ ވެސް ވަރަށް ގާތްކޮށް އުޅުނު ރަހުމަތްތެރިއަކާއި އޭނާގެ އާއިލާއާއެކު ވަރަށް އުފަލުން ހިތްހަމަޖެހިގެން. ނަމަވެސް ކޫޗް ބިހާރުގައި ތިބި އަހަރެންގެ މަންމަ އާއި ފިރިހެން ކޮއްކޮ މަތިން ވަރަށް ހަނދާންވެ އެމީހުން ނުފެންނާތީ ދެރަވޭ. އިންޑިޔާއަށް އާދެވޭ ގޮތް ވިޔަސް އަދި ދާނެ ވަކި ތާރީޚެއް ނުނިންމަން،" މޯނީ ބުންޏެވެ.

ފިލްމީ ރޮނގުން ބަލާއިރު މޯނީ ދެން އެންމެ އަވަހަށް ފެންނާނީ އަޔާން މުކަރުޖީގެ "ބްރަހްމަޝްތުރާ" އިންނެވެ. ރަންބީރު ކަޕޫރު، އާލިއާ ބަޓް އަދި އަމީތާބު ބައްޗަން މުހިއްމު ބައިތައް ކުޅޭ މި ފިލްމުގައި މޯނީ ކުޅެނީ ނުބައިބައެވެ.