ބޮލީވުޑް

އާރްޔާން އާއި ލާރިސާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތަކެއް

ބޮލީވުޑްގެ ސްޕާ ސްޓާ ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން އާއި ލާރިސާ ބޮނޭސީ ލޯބީގެ ގޮތުން ގުޅިފައިވާ ކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

މި ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

މިދުވަސްވަރު ކުއްލިއަކަށް މިއަޑުތައް އަނެއްކާވެސް ގަދަވެފައި މިވަނީ އާރިޔަންގެ މަންމަ ގައުރީ ޚާންގެ ރެސްޓޯރެންޓުގެ ބޭރުގައި ލާރިސާ ހުއްޓާ ފެނިގެން ޕަޕަރާޒީން އޭނާ ފަހަތުއަޅުވާލާފައި ވަނިކޮށެވެ.

ކުރިއަރަމުން އަންނަ މޮޑެލްއެއް ކަމަށްވާ ލާރިސާ ވަނީ ބޮލީވުޑްގެ ތަޖުރިބާކާރު ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި ޖޯން އަބްރަހަމްއާ އެކު ބައެއް ފިލްމުތަކުން ފެނިފަ އެވެ.

އުމުރުން 26 އަހަރުގެ އާރްޔާން އާއި ލާރިސާ އެކުގައި އެންމެ ފުރަތަމަ ފެނުނީ މިދިޔަ އަހަރު އޮތް ޑީޖޭ ގެރިކްސްގެ ޕާފޯމަންސެއްގެ ތެރެއިންނެވެ.