ބޮލީވުޑް

މަލައިކާ އަރޯރާ ރާއްޖޭގައި

މަލައިކާ އަރޯރާ ރާއްޖޭގެ އާރަށް ރިސޯޓުގައި
0%
0%
0%

ބޮލީވުޑްގެ މަޝްހޫރު ތަރި، މަލައިކާ އަރޯރާ ޗުއްޓީއަކަށް ރާއްޖެ އަތުވެއްޖެ އެވެ.

އުމުރުން 50 އަހަރުގެ އިންޑިއާގެ މަޝްހޫރު ނެށުންތެރިޔާ އަދި މޮޑެލް، މަލައިކާ ވަނީ ރ. އަތޮޅު ހެރިޓެންސް އާރަށް ރިސޯޓުގައި ނަގާފައިވާ ފޮޓޯތަކެއް އޭނާގެ އިންސްޓަގްރާމު އެކައުންޓްގައި ހިއްސާކޮށްފަ އެވެ.

މަލައިކާ އާރަށް ރިސޯޓަށް ދިއުމުން ސަގާފީ ހަރަކާތްތަކާއި ބޮޑުބެރާ އެކު އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

މަލައިކާ ރާއްޖެއަށް އައިސްފައިވަނީ ގްލޯބަލް ސްޕާ އިންޑިއާގެ ފަރާތުން ރާއްޖޭގެ ރިސޯޓެއްގައި ކުރިއަށް ގެންދާ ހާއްސަ ފޮޓޯ ޝޫޓެއްގެ މަސައްކަތުގައި ކަމަށްވެ އެވެ.

މަލައިކާ އިންސްޓަގްރާމް ސްޓޯރީ ތަކުގައި ރިސޯޓުގެ އެކި ތަންތަނުގައި ނަގާފައި ހުރި ފޮޓޯތައް ހިއްސާކުރުމަށްފަހު ވިޒިޓް މޯލްޑިވްސް ހޭޝް ޓެގް ބޭނުންކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910