ކޮވިޑް-19 އާއި ގުޅިގެން އެކި މީހުނަށް ދިމާވާ މާލީ ދަތިކަމާއި ނަފްސާނީ ކަންކަމާއި އާންމު ދިރިއުޅުމުގެ ހާލަތާއި ގުޅޭ ހާއްސަ ލައިވް ސެޝަނެއް މައި ކޮލެޖުން ބާއްވައިފި އެވެ.
ސިލްސިލާކޮށް ކުރިއަށް ގެންދާ މި ސެޝަންގައި ދާއިރާތަކާއި ގުޅޭ ތިން ޕެނަލިސްޓަކު ވަނީ ބައިވެރިވެފަ އެވެ. އެގޮތުން މާލީ ދަތި ކަމާއި ގުޅޭ ގޮތުން މައުލޫމާތު ދީފައިވަނީ ހަމަޖެހިފައި ވަނީ އެސިސްޓެންޓް އޮޑިޓާ ޖެނެރަލް ހަސަން ނިޔާޒެވެ.
ނަފްސާނީ ކަންކަމާއި ގުޅޭ ގޮތުން ތިބާ ސައިކޮލޮޖީގެ ކޯ ފައުންޑާ މުސްތަފާ ފާރޫގު މައުލޫމާތު ދެއްވާފައިވާއިރު އާންމު ދިރިއުޅުމުގައި މީހާގެ އުޅުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ޝެއިހް އަލީ ޝަޒޫން ވަނީ ވާހަކަފުޅު ދައްވާފަ އެވެ.
މައި ކޮލެޖުން ބުނީ މި ޕެނެލް އަށް އާންމުންގެ ބޮޑުތަރުހީބެއް ލިބުނު ކަމަށާއި ކުރިއަށް އޮތް ތާނގައިވެސް މިފަދަ ސެޝަންތައް ބޭއްވުމަށް އެ ކޮލެޖުން ނިންމާފައިވާ ކަމަށެވެ.