ކާށި ގަނެގެން ހުނި ގޭނުމާއި ކާށިން ހުނި ގޭނި ދުވަސް ފާއިތު ވެއްޖެ އެވެ. މިއަދު ބޭނުން ވަނީ ކާށި ކިރާއި ކާށީގެ ހުނި ވެސް ފަސޭހައިން ލިބޭނެ ގޮތްތަކެވެ. އަދި ބަތް ކައްކާލައި މީރު ބިރިޔާނީއެއް ތައްޔާރު ކޮށްލަން ވެސް ބޭނުންވަނީ ފުށް ބޮޑު މީރު ހަނޑުލެވެ. ސިއްހީ ގޮތުން ރަނގަޅު އުފެއްދުން ތަކެވެ. މި ބާވަތްތައް ލިބޭނީ ކޮން ތާކުން ހެއްޔެވެ؟ މީރު ކާށި ކިރަކާއި މޮޅު ހަނޑުލެއް ލިބޭނެ ހެއްޔެވެ؟
މޮޅު މި އުފެއްދުން އެމްވީ އެކްސް ޓްރޭޑިން ކުންފުނިން ލިބޭނެ އެވެ. އަދި އޮންލައިންކޮށް "ގޯކާޓް އެޕުން" ފަސޭހަކަމާއެކު ގަނެލެވޭނެ އެވެ.
އެމްވީ އެކްސް އިން ރާއްޖޭގެ ބާޒާރަށް ނެރުނު މި އުފެއްދުންތަކަކީ ބުރަކޮށް އުޅޭ މީހުނަށް އެތައް ލުއި ފަސޭހަ ކަމެއް ގެނެސްދޭ އަދި ސިއްހީ ގޮތުން ހަށިގަނޑަށް ފައިދާ ތަކެއް ލިބިދޭ ބާވަތް ތަކެކެވެ.
ވޮނޮޕޮބް ތައި ޖޭސްމިން ހަނޑޫ
މި ހަނޑުލަކީ ތާޒާ އަދި ގުދުރަތީ ޖޭސްމީންގެ ވަސް އެކުލެވިގެންވާ 100 ޕަސެންޓް ހުދު ހަނޑުލެކެވެ. ސާފުކޮށް ޕެކެޓް ކޮށްފައިވާ ދޮންނަން ނުޖެހޭ މި ހަނޑުލުގައި ވިޓަމިން ބީ- ވަން އާއި ވިޓަމިން ބީ- ތްރީ އަދި އަޔަން ހިމެނެ އެވެ. މިއީ ގްލޫޓަން ފްރީ ހަނޑުލެކެވެ. މި ހަނޑޫ އަތް ފޯރާ އަގެއްގައި އެއް ކިލޯ އަދި ފަސް ކިލޯ ޕެކެޓްގައި ލިބެން ހުންނާނެ އެވެ.
ކޮކޯޒިމް އޯގެނިކް ކާށި ކިރު
ކޮކޯޒިމް އޯގެނިކް ކާށި ކިރަކީ ކޯލްޑް-ޕްރެސްގެ ޒަރިއްޔާ އިން ތާޒާ ކާށި ބޭނުން ކޮށްގެން އުފައްދާފައިވާ، އޭގެ އަސްލު ރަހަ އާއި ހަކަތައިގެ ބާވަތްތައް އެންމެ ފުރިހަމައަށް ލިބިދޭނެހެން ތައްޔާރު ކުރެވިފައިވާ މީރު ކިރެކެވެ. މިއީ ކޮފީ، ސްމޫތީސް އާއި އައިސް ކްރީމް އަދި މީގެ އިތުރުން ކޮކްޓެއިލްސް އަދި ސޫޕް އާއި ރިހަ އަދި ތަފާތު ސޯސްތަކާއި ތަފާތު އެއްޗެހި ތައްޔާރު ކުރުމަށް އެންމެ ކަމުދާ ކިރެކެވެ. އަދި ޑެއިރީ މިލްކްގެ ބަދަލުގައި ބޭނުން ކޮށްލަން އެންމެ ކަމުދާ މި ކިރަކީ އުފެއްދުމުގައި ވެސް ކޮލެސްޓްރޯލް، ގްލުޓެން އަދި ޑެއިރީ އެކުލެވިގެން ނުވާ ކިރެކެވެ.
ކޮކޯޒިމް ކާށި ކިރު (ނޯމަލް)
މިއީ ޕްރިސަވޭޓިވްސް އަދި އާޓިފިޝަލް ކަލާސް އެކުލެވިގެން ނުވާ ކާށި ކިރެވެ. މިއީ އެއްވެސް އުނި އިތުރު ކަމެއް ގެނެސްފައި ނުވާ މީރު ކާށި ކިރެވެ. މި އުފެއްދުމުގައި ވެސް ކޮލެސްޓްރޯލް އަދި ގްލުޓެން އާއި ޑެއިރީ އެކުލެވިގެން ނުވެ އެވެ.
ޑެސިކޭޓަޑް ކޮކޮނަޓް (ކާށި ހުނި)
ޑެސިކޭޓަޑް ކާށި ހުންޏަކީ އެއް އަހަރު ދުވަހުގެ ޝެލްފް ލައިފެއް ހުރި އަދި ފްރިޖަށް ލާން ނުޖެހޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ކާށި ހުންޏެކެވެ. އަދި މިއީ ކުނި ނުވާ ގޮތަށް ތައްޔާރު ކުރެވިފައިވާ ކާށި ހުންޏެކެވެ. މިއީ ހެދިކާ، މަސްހުނި އަދި ހުނިލީ ރޮށި (ޑިސްކް) ތައްޔާރު ކުރަން އެންމެ ފަސޭހަ އަދި އެންމެ ކަމުދާ ކާށި ހުންޏެކެވެ. މި ކާށީ ހުނިން ތައްޔާރު ކުރެވޭ ކާއެއްޗެހި ކަރު ނުވެ ގިނަ ވަގުތު ހުރެ އެވެ.
މި އުފެއްދުން ތަކަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރުލިބިފައިވާ އުފެއްދުން ތަކެކެވެ. މި އުފެއްދުންތައް ރާއްޖޭގެ ސުޕަމާކެޓްތަކާއި އަދި ވަރަށް ގިނަ ފިހާރަ ތަކުން ލިބެ ހުންނާނެ އެވެ. މިހާރު މި ޕްރޮޑަކްޓް ހުރި ފިހާރަ ތަކުގެ ތެރޭގައި އެމްއެޗްއޭ އާއި އިހުސާން ފިހާރަ އަދި މާވެޔޮ މަގުގެ އެވްކޯ އަދި އިވްނިން މާޓް ހިމެނެ އެވެ. އަދި މި ބޭނުން ކޮށްގެން ކެއުންތައް ތައްޔާރު ކުރާ ތަންތަނުގެ ތެރޭގައި ޒީބާސް ކެފޭ އާއި ޑޮލްފިން އަދި ބްލަޑް އޮރެންޖް ބައި ސިޑީޒް ކިޗަން އާއި ޓިއުލިޕް ކެފޭ އެންޑް ރެސްޓޯރެންޓް ހިމެނެ އެވެ.
އުފެއްދުން ލިބެން ފިހާރަތައް
- އެމްއެޗްއޭ
- އިހުސާން ފިހާރަ
- އެވްކޯ
- އިވްނިން މާޓް
މި ރަހަ ބައެއް ރެސްޓޯރެންޓް، ބޭކަރީތަކަށް
- ޒީބާސް ކެފޭ
- ޑޮލްފިން
- ބްލަޑް އޮރެންޖް ބައި ސިޑީޒް ކިޗަން
- ޓިއުލިޕް ކެފޭ އެންޑް ރެސްޓޯރެންޓް
މި އުފެއްދުންތަކުގެ ހާއްސަ ޕްރޮމޯޝަނެއް މިހާރު ވަނީ އީދާ ގުޅިގެން ފަށާފަ އެވެ. މި ޕްރޮމޯޝަންގެ ދަށުން ހަމައެކަނި މި އުފެއްދުންތައް ލިބޭނީ އެމްވީ އެކްސްއިން ނާއި އޮންލައިންކޮށް ގޯކާޓް އެޕުން ލިބޭނެ އެވެ.