ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންސްޕެކްޝަނަށް ފަހު ކަންކަން ރަނގަޅު ކުރަން އަންގައިފި

ކެފޭ ރެސްޓޯރެންޓުތަކުގެ އިންސްޕެކްޝަނަށް ފަހު ކަންކަން އިސްލާހު ކޮށް ފިޔަވަޅުތައް އަޅަން ފުރުސަތު ދީފި އެވެ.

މާލެ ސަރަހައްދުގައި ހުރި ހޮޓާ ރެސްޓޯރަންޓުތައް ޗެކް ކުރަން މާސް އިންސްޕެކްޝަނެއް މިއަދު ވަނީ ފަށާފަ އެވެ. މިހާރުވެސް ކުރިއަށްދާ އިންސްޕެކްޝަންގައި ބައެއް ވިޔަފާރިތަކަށް ބަންދު ނޯޓިހެއް ދީފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ، ގަވައިދަށް ނުފެތޭ ގޮތަށް ހުރި ވިޔަފާރިތަކަށް ކަންކަން އިސްލާހު ކޮށްގެން އަލުން އިންސްޕެކްޓް ކުރަން އެޗްޕީއޭ އަށް އަންގަން އެދިފައިވާ ކަމަށާއި އެކަމާ ބެހޭ އިތުރު މައުލޫމާތު މާދަމާ ހެނދުނު 9:00 އިން ހަވީރު 6:00 އަށް އެޗްޕީއޭއިން ދޭނެ ކަމަށެވެ.

ލޮކްޑައުންއަށް ފަހު ދިން ލުއިތަކާއެކު މާލެ ސިޓީގެ ކެފޭ ރެސްޓޯރަންޓުތައް ގައިޑްލައިނާ އެއްގޮތަށް ވަނީ ހުޅުވާލާ ވިޔަފާރި ފަށާފަ އެވެ. އެ ވިޔަފާރިތަކަށް ހުއްދަ ދީފައިވަނީ ހެނދުނު 9:00 އަކުން ރޭގަނޑު 10:00 އަށެވެ. ޑެލިވަރީގެ ހިދުމަތް ރޭގަނޑު 11:00 ޖަހަންދެން ކުރިޔަށް ގެންދެވެ އެވެ.

ކޮވިޑް-19 އިގެ ކޭސްތައް ރާއްޖޭގައި ގިނަވެ އިއްޔެ ޕޮޒިޓިވްވި 137 މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3,506 އަށް އަރާފަ އެވެ.
ލޮކްޑައުން ދޫކޮށްލި ފަހުން ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ އެވެ. އިއްޔެ އަކީ އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ދުވަހެވެ.

ގިނަ ޕޮޒިޓިވް ކޭސްތައް ފެންނަން ފެށުމާ ގުޅިގެން މަގުމަތީގެ ރޭންޑަމް ސާމްޕް ސަރަހައްދުތަކުގައި މިއަދު ވަނީ ސާމްޕަލް ނަގަން ހަދަން ކިޔޫވެސް ހަދާފަ އެވެ.

ކޮވިޑްގައި ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2،547 އެވެ. މިވަގުތު ފަރުވާގައި 929 މީހުން ތިބި އިރު މި ބަލީގައި ރާއްޖެއިން 15 މީހަކު ވަނީ މަރުވެފަ އެވެ.