ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކެފޭ، ރެސްޓޯރަންޓްތަކުގައި ސިނގިރޭޓު ބޮވޭ ގޮތަށް އުސޫލު ބަދަލުކޮށްފި

Jul 5, 2020
1

ކޮވިޑް-19 ފެތުރޭތީ ކެފޭތަކާއި ރެސްޓޯރަންޓްތައް ބަންދު ކުރުމަށްފަހު، އަލުން ހުޅުވުމުގެ ހުއްދަ ދޭން ނިންމިއިރު ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރި ނަމަވެސް ކެފޭތަކާއި ރެސްޓޯރަންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން "ނިއު ނޯމަލް" ގައި ހިދުމަތް ދިނުމުގެ އުސޫލުގައި ބުނެފައިވާ ގޮތުގައި، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ސިނގިރޭޓާއި، ޝީޝާއާއި، ވޭޕާއި، އީ-ސިނގިރޭޓު ހިމެނޭ ގޮތަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނަ އެވެ.

ނަމަވެސް މިހާރު އުސޫލަށް ގެނައި ބަދަލުގައި ބުނަނީ ކާބޯތަކެތީގެ ވިޔަފާރި ކުރާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާއިރު، އެހެން މީހުނަށް ދުން ނުފޯރާވާރުގެ ދުރުމިނެއްގައި ތިބެގެން ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ ކަމަށެވެ. އެއީ ކުރިން އެޗްޕީއޭއިން އެ ކަމަށް ހުއްދަ ދީފައިވާ ތަންތަނުގަ އެވެ. އެކަމަކު ޝީޝާ ބުއިން މަނާ ކަމަށް އުސޫލުގައިވެ އެވެ.

ކޮވިޑް-19 ފެތުރޭތީ ކެފޭތަކާއި ރެސްޓޯރަންޓްތައް ބަންދުކުރުމަށް ފަހު، "ނިއު ނޯމަލް" ގެ ހަމަތަކާ އެކު އަލުން ކެފޭތަކާއި ރެސްޓޯރަންޓްތައް ހުޅުވާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެނެވެ.