ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެއްބާރުލުން ބޭނުން، އާ ލޮކްޑައުނަކަށް ދިއުން ރަނގަޅެއް ނޫން: ރައީސް

ރައީސް ސޯލިހު ކޮވިޑްގެ އަޕްޑޭޓް ހޯއްދެވުމުގެ ގޮތުން އާންމުކޮށް ބޭނުންފުޅު ކުރައްވާ ކޮމްޕިއުޓަރުގެ ކައިރީގައި: ރާއްޖޭގެ ހާލަތު ވަނީ ވަރަށް ބޮޑުތަން އަނެއްކާވެސް ގޯސްވެފައި -- ފޮޓޯ: ރައީސް އޮފީސް
33.3%
33.3%
33.3%

ރާއްޖޭގައި ކޮވިޑް-19 އިގެ ބަލި އިތުރަށް ފެތުރެމުން ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި އާންމު އެންމެންގެ އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރައްވައި އިތުރު ލޮކްޑައުންއަކަށް ދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އިގެ ބަލި އަނެއްކާ ވެސް ބާރަށް ފެތުރެން ފަށާފައި ވަނިކޮށް ރައީސް މިއަދު ކުރެއްވި ޓްވީޓެއް ވިދާޅުވީ އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުމަށާއި، އެޗްޕީއޭގެ އެންގުންތަކަށް އަމަލު ކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

"ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ވަރަށް މުހިންމު. އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއް ނޫން،" ޓްވީޓްގައި ރައީސް އެ ލިއުއްވާފައި ވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓް

ރައީސް މިއަދު ޓްވިޓާ މެދުވެރިކޮށް ކުއްލި ގޮތަކަށް މިކަން އާންމުންގެ ސަމާލު ކަމަށް ގެނެސް ދެއްވި އިރު އިއްޔެ ވެސް ރާއްޖެއިން 215 މީހަކު، ރިކޯޑް އަދަދަދަކަށް ކޮވިޑަށް ޕޮޒިޓިވްވެ ހާސް ކަމުގެ ތެރެއަށް ގޮސްފައި ވެއެވެ.

މިހާ ގިނަ އަދަދަކަށް ރޭ މީހުން ޕޮޒިޓިވް ވުމުން ރާއްޖޭގައި ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4164 އަށް އުފުލިފަ އެވެ. މި އަދަދު މި އައީ މިދިއަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކުހެން ރިކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓްވްވަމުން ދާތީ ވަރަށް ކަންބޮޑުވުމެއް އުފެދި ކުރިން ލުއި ދިން ބައެއް ފިޔަވަޅުތައް އަލުން އަޅާފައި ވެސް ވަނިކޮށެވެ.

ޝިފާއެއް ނެތް މި ބަލީގައި ބޭރު މީހުން ވެސް ހިމެނޭ ގޮތަށް ރާއްޖެ މިހާތަނަށް 18 މީހަކު މަރުވެފައި ވެއެވެ. އިއްޔެވެސް ކޮވިޑްޖެހުނު މީހަކު މަރުވި އެވެ. މިހާތަނަށް ކޮވިޑްގައި މަރުވި ދިވެހިންގެ އަދަދަކީ 13 އެެވެ. ބިދޭސީންގެ ފަސް މީހުނެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރެހަން

ޕްލީސް ބީ އަ ލީޑަރ- ޓޯޓަލް ލްކްޑައުން ނުދިޔަސް އެބަޖެހޭ ކޮންމެވެސް ގޮތަކަށް މިކަން ކޮންޓްރޯލް ކުރަން - އިޓްސް ގެޓިންގ "ޓޫ މަޗް".. ސްކޫލު ހުޅުވުމަކީ މިވަގުތަށް ރަގަޅުކަމެއްނޫން.....ޖެނެއުރީ އަށްލަސްކޮށްލުން ބުއްދިވެރި.

ޞާވީ

އަތައްގޮވީ ދޯ......

އިސްތިއުފާ

ދެން އެހެންވީމަ ކުރިން ހޭވީ ކޮން ހަޑިއެއްތަ؟ ތިމާ ގައިގަ ފެންވަރު ނެތީއޭ ބުނެފަ އިސްތިއުފާ ދީފަ ގޭގަ އޮވެބަލަ.

ލލ

މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ދިވެހި އާއިލާތަކަށް ވެސް ބޯހިޔާވަހިކަންދީ ގައިދުރުކުރަންވީ ނުންތޯ ފުލެޓް ދޭންވީ ނުންތޯ ؟

February
SunMonTueWedThuFriSat
2627282930311234567891011121314151617181920212223242526272812345678