ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް ޖެހުނު އެއް މަހުގެ ކުއްޖަކު އެޑްމިޓްކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވްވި އެއް މަހުގެ ތުއްތު ކުއްޖެއްގެ ހާލު ދެރަވެ، އައިޖީއެމްއެޗުގައި އެޑްމިޓުކޮށް ފަރުވާދޭން ފަށައިފި އެވެ.

އެއް މަހުގެ ކުއްޖާ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި ވަނީ މިއަދު އެވެ. އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޑޮކްޓަރު ޑރ. އަހްމަދު ފައިސަލް ވިދާޅުވީ އެކުއްޖާ އެޑްމިޓްކޮށްފައި ވަނީ ވަރަށް ބޮޑަށް ހުން ގަދަވެގެން ކަމަށެވެ. އަދި ޑީހައިޑްރޭޓް ވެފައިވާ ކަމަށާއި، ގާތުން ދިނުމުގައި ވެސް ދަތިތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި ކުޑަކުދިންގެ ތެރޭގައި ތުއްތު ކުދިންވެސް ހިމެނެ އެވެ. ދިހަ އަހަރާ ހަމައަށް 210 ކުއްޖަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީިއޭގެ ޗާޓުތަކުން ދައްކަ އެވެ. މި ކޭސްތަކުގެ ތެރޭގައި ކުޑަކުއްޖެއްގެ ހާލު ބޮޑުވެގެން ފަރުވާދީފައެއް އަދި ނުވެ އެވެ.

ކޮވިޑް-19 އިގެ ކޭސްތައް ރާއްޖޭގައި 4،000 އަށް ވުރެ މަތި ވެފައިވާއިރު އެކްޓިވް ކޭސްތަކުގެ ގޮތުގައި 1،589 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން ހަ މީހަކު އައިސީޔޫގައި އޮތް އިރު ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެ އެވެ. އަދި 93 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. މި ބަލީގައި ރާއްޖެ އިން 19 މީހަކު ވަނީ މަރުވެފަ އެވެ.