ބޮލީވުޑް

"ލާލް ސިންގް ޗައްޑާ"ގެ ޝޫޓިން ތުރުކީގައި ފަށައިފި

އާމިރު ޚާން މިހާރު ފަށާފައިވަނީ "ލާލް ސިންގް ޗައްޑާ"ގެ ޝޫޓިން އަށް އޭނާ މިހާރު ވަނީ ތުރުކީ އަށް ގޮއްސަ އެވެ. އަދި އެ ގައުމުގައި މިހާރު ވަނީ އެ ފިލްމުގެ ނުނިމި އޮތް ބައި ޝޫޓްކުރަން ފަށާފަ އެވެ.

ކޮރޯނާވައިރަހުގެ ވަބާ އިންޑިޔާ އަށް ފެތުރި މުޅި ގައުމު ހުއްޓުމަކަށް އައުމުގެ ކުރިން މި ފިލްމުގެ ޝޫޓިން ކުރިޔަށް ގެންގޮސްފައިވަނީ އިންޑިޔާގަ އެވެ. ނަމަވެސް މާޗް މަހު ފިލްމު އިންޑަސްޓްރީ ބަންދުކުރުމާ ގުޅިގެން ޝޫޓިން ހުއްޓުނީ އެވެ.

އާމިރު ތުރުކީއަށް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ތުރުކީ އަށް ޝޫޓިން ބަދަލުކުރީ އިންޑިޔާގައި އަދިވެސް ކޮރޯނާވައިރަސް ކޮންޓްރޯލް ނުވެ ފެތުރެމުންދާތީ ޝޫޓިން ފަށަން ދަތިތައް ދިމާވެފައި ވާތީ އެވެ.

"ލާލް ސިންގް ޗައްޑާ" އަކީ ރޮބަޓް ޒެމެކިސް 1994 ގައި ޑައިރެކްޓްކުރި ފިލްމެއްގެ އޮފިޝަލް ރިމޭކް އެކެވެ. ކޮރޯނާވައިރަހުގެ ވަބާގެ ކުރިން މި ފިލްމުގެ ޝޫޓިން ކުރިޔަށް ގެންދިޔައީ އިންޑިޔާގެ ކަލްކަތާ އާއި ޗަންދީގަޅް ގައެވެ.

އަދަވައިތު ޗަންދަން ޑައިރެކްޓްކުރާ މި ފިލްމުގެ ބަތަލާ އަކީ ކަރީނާ ކަޕޫރެވެ.

އާމިރުގެ އިތުރުން އަކްޝޭ ކުމާރު ވެސް މިހާރު ވަނީ އޭނާ އަލަށް ފަށާ ފިލްމު "ބެލް ބޮޓޮމް"ގެ ޝޫޓިންގަށް އިނގިރޭސި ވިލާތަށް ދަތުރުކޮށްފަ އެވެ. މި ފިލްމުގައި ބައިވެރިވާ ވާނީ ކަޕޫރު، ލާރާ ދައްތާ، ހުމާ ގުރޭޝީ، ޖެކީ ބަގްނާނީ، އަދި ދީޕްޝިކާ ވެސް އަކްޝޭ އާއެކު ދިޔަ އެވެ. އަދި އަންހެނުންނާއި ދަރިފުޅު ވެސް ދިޔަ އެވެ.