ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހޮސްޕިޓަލްގައި 156، ދެ މީހަކު ވެންޓިލޭޓަރުގައި

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 156 އަށް އަރައިފި އެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 156 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 144 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި 11 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. މީގެ އިތުރުން ބ. އޭދަފުށީ ކޮވިޑް ސެންޓަރުގައިވެސް މީހަކަށް ވަނީ ފަރުވާ ދެމުންނެވެ.

ނަޒްލާ ވިދާޅުވީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 11 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން ހަ މީހަކަށް ފަރުވާ ދެނީ ހުޅުމާލެ މެޑިކަލް ފެސިލީޓީގެ އައިސީޔޫގަ އެވެ. ދެ މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ވެސް ފަސް ދަނީ ފަރުވާ ދެމުންނެވެ.

މާބަނޑު އަންހެނުންނަށް ހާއްސަކޮށްގެން ޑީއެޗް16 ގައި ގާއިމްކޮށްފައިވާ ކޮވިޑް ސެންޓަރުގައިވެސް ފަސް މީހަކަށް ވޯޑްގައި ދަނީ ފަރުވާ ދެމުންނެވެ.

މިއީ ކޮވިޑްގެ ބަލިމަޑުކަމުގައި އެންމެ ގިނަ ބަޔަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ދުވަސްވަރެވެ. މި ދުވަސްވަރު ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ދަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވަމުންނެވެ. އަދި ރާއްޖެއިން މަރުވާ މީހުންގެ އަަދަދު ދަނީ އިތުރުވަމުންނެވެ. މިހާތަނަށް 21 މީހަކު މި ބަލީގައި ރާއްޖެއިން މަރުވެފައިވެއެވެ.