ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގއ. ނިލަންދޫ

ނިލަންދޫއިން ދެ މީހަކު ޕޮޒިޓިވް، ރަށް މޮނިޓަރިންއަށް

ފ. ނިލަންދޫއިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ނިލަންދޫން ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީންގައި ތިބި ދެ މީހެކެވެ. އެ މީހުންނަށް ބަލި ޖެހިފައިވާކަން އެނގުނީ ހޯމް ކަރަންޓިންގެ 14 ދުވަސް ހަމަކޮށް ކުރި ޓެސްޓް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން އެ ރަށައް އަރާ ފޭބުން މަނާކޮށް ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އަތޮޅުތެރެެއިންވެސް ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް ރިކޯޑް މިންވަރަކަށް އުފުލިފައިވާތާ ތިން ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ. ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އެންމެ ފަހުންގެ އަދަދަކީ 5,494 އެވެ. އޭގެ ތެރެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2920 އެވެ. އަދި ޝިފާއެއް ލިބިފައި ނުވާ ބަލީގައި ރަނގަޅުނުވެ ތިބީ 2553 މީހުންނެވެ.