ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގއ. ނިލަންދޫ

ނިލަންދޫއަށް އަރާ ފޭބުން މަނާކޮށްފި

ފ. ނިލަންދޫއަށް އަރާ ފޭބުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް އެ ރަށް ގެނެސްފި އެވެ.

އެޗްޕީއޭއިން ބުނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް އަރާ ފޭބުން މަނާކުރީ ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ނިލަންދޫއިން އެއްވެސް މީހަކު ފޭބުން އަދި އެ ރަށަށް އެއްވެސް މީހަކު އެރުން ވަނީ މަނާކޮށްފައެވެ.

މި އަހަރު ފެށުނީއްސުރެ ކޮވިޑްގެ ހާލަތު ވަރަށް ގޯހެެވެ. ހާއްސަކޮށް ފެބްރުއަރީގައެވެ. ނަމަވެސް އިއްޔެ ވަނީ ޕޮޒިޓިވް އަދަދު ތަންކޮޅެއް ދަށްވެފައެވެ. އިއްޔެ ޕޮޒިޓިވްވީ 81 މީހުންނެވެ. ނިލަންދޫގެ އިތުރުން ބައެއް ރަށްރަށް އެޗްޕީއޭގެ މޮނިޓަރިންގައި މިވަގުތު އެބައޮތެވެ.