ޝިފާ މުހައްމަދު

މާލޭގެ މޭޔަރުގެ އިތުބާރުގެ މައްސަލަ ވައްދައިފި

Aug 19, 2020
1

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ސިޓީގެ ކައުންސިލަށް ހުށަހަޅައި އެކަމަނާ ޖަވާބުދާރީވެ ވަޑައިގަތުމަށް މުއްދަތެއް ދީފި އެވެ.

ފުރަތަމަ އަންހެން މޭޔަރުގެ އިތުބާރުގެ މައްސަލަ އައީ ކައުންސިލްގައި އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ. އެކަމަނާގެ މައްސަލަ ކުރިއަށް ގެންދަން ފެންނަ ކަމަށް ނުވަ ކައުންސިލަރަކު ވޯޓް ދެއްވި އިރު އެ މައްސަލަ އަށް ޖަވާބުދާރީވެ ވަޑައިގަތުމަޢް މިހާރު 10 ދުވަސް ވަނީ ދީފަ އެވެ.

އިތުބާރުގެ މައްސަލައެއް އެކަމަނާ މައްޗަށް ވެއްދީ ކައުންސިލް ހިންގެވުމުގައި އިހުމާލުވެވަޑައިގެންފައިވާ ކަމަށް ތުހުމަތަކެއް ކޮށެވެ. އެކަމަނާއާއެކު ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން ވެސް ހުށަހެޅި އެވެ.

އިތުބާރު ނެތް ކަމުގެ އެ ހުށަހެޅުން ގަރާރުކޮށްފައި ވަނީ ކައުންސިލް މެންބަރު މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފަޒީނެވެ.