ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

ކަރަންޓީން އުސޫލާ ހިލާފުވި މީހަކު ހައްޔަރުކޮށްފި

Aug 21, 2020

ހޯމް ކަރަންޓީން އުސޫލާ ހިލާފުވި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 24 އަހަރުގެ ފިރިހެނަކު ކަރަންޓީން އުސޫލާ ހިލާފުވެފައިވާތީ ހައްޔަރުކޮށްފައިވާ ކަމަށެވެ. ގއ. ވިލިގިލީގައި ހޯމް ކަރަންޓީންގައި ހުރި އެ މީހާ ވަނީ އޭނާ ކަރަންޓީންގައި ހުރި ތަނުން ނިކުމެ ރަށުތެރޭގައި އުޅެފައެވެ.

އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.

ރަށު ހޯމް ކަރަންޓީނަށް ފޮނުވަނީ އެޗްޕީއޭއިން ކަނޑައަޅާ ހާއްސަ އުުސޫލުތަކަކަށް އަމަލުކުރުމަށް އެއްބަސްވުމަށްފަހުއެވެ. އެގޮތުން 14 ދުވަސް ވަންދެން ކޮޓަރިއެއްގައި ކަރަންޓީން ވެގެން ހުންނަން ޖެހެއެވެ. ކަރަންޓީނުން ދޫކޮށްލަނީ 14 ދުވަސް ހަމަވުމުން ކޮވިޑަށް ޓެސްޓްކޮށް ނެގެޓްވް ވުމުންނެވެ.