ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގއ. ވިލިނގިލި

ފަސް ދުވަސް ފަހުން އަނެއްކާ ވިލިނގިލި ބަންދުކޮށްފި

ދެ މަހަށް ވުރެ ގިނަ ދުވަހު މޮނިޓަރިންގައި ބޭއްވުމަށްފަހު ހުޅުވާލިތާ ފަސް ދުވަސް ފަހުން ގއ. ވިލިނގިލި އަނެއްކާވެސް މޮނިޓަރިން އަށް ލައިފި އެވެ.

ވިލިނގިލި މީގެ ކުރިން ބަންދުކުރީ މިދިޔަ މޭ މަހުގެ 15 ވަނަ ދުވަހު އެވެ.

އެރަށުގައި ކޮވިޑްގެ ހާލަތު ގޯސްވެ، ކާފިއު ވެސް ވަނީ ހިންގާފަ އެވެ. އާންމު ހާލަތަށް ރުޖޫއަ ވުމުން ރަށް އަލުން ހުޅުވައިލީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

އޭގެ ފަހުން އަނެއްކާވެސް ކޮވިޑް-19 ރަށު ތެރޭގައި ފެތުރެމުންދާތީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ވަނީ އެރަށު ކައުންސިލަށް އަންގާފަ އެވެ.

ވިލިނގިލި މޮނީޓަރިން އަށް ގެންގޮސްފައިވަނީ އެ ރަށުގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކި ގއ. ކޫއްޑޫގައި މަސައްކަތްކުރާ މީހަކު ބައްޔަށް ޕޮޒިޓިވްވުމުންނެވެ.

ކޫއްޑޫ މަސް ފެކްޓަރީގައި މަސައްކަތްކުރާ 33 މީހަކު މިހާރުވެސް ގެންދަނީ ކޮވިޑަށް ފަރުވާ ކުރަމުންނެވެ. ކޫއްޑޫވެސް އޮތީ މޮނިޓަރިންގަ އެވެ.