ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ވިލިނގިއްޔާ ކަލައިދުއާއެކު 50 ރަށެއް ބަންދު

ކޮވިޑް-19 ގެ ކޭސްތަކެއް ފެނިގެން ގއ. ވިލިގިއްޔާ ލ. ކަލައިދޫއަށް އަރާ ފޭބުން މަނާކޮށް އެ ދެ ރަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް ގެނެސްފި އެވެ.

އެޗްޕީއޭ އިން ބުނީ އެ ދެ ރަށުން ފެނުނު ޕޮޒިޓިވް ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އަރާ ފޭބުން މަނާކޮށްފައިވާ ކަަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ކޮވިޑް ކޭސްތަކެއް ފެނިގެން މި ދެރަށް ހިމެނޭހެން މިވަގުތުވެސް 50 ރަށެއް އޮތީ މޮނިޓަރިންގައެވެ. މިއީ އެޗްޕީއޭގެ މޮނިޓަރިންގައި އެންމެ ގިނަ ރަށްތައް އޮތް ދުވަހެވެ.

ގއ. ވިލިގިއްޔާ ލ. ކަލައިދޫގެ އިތުރުން މޮނިޓަރިންގައި ވަނީ ޅ. ނައިފަރާއި، އދ. މާމިގިއްޔާއި ތ. މޭވަންޑޫ އާއި ތ. މަޑިފުއްޓާއި ބ. އޭދަފުއްޓާއި ކ. ހިންމަފުއްޓާއި ކ. ގުޅި އާއި ކ. މާފުއްޓާއި އއ. މަތިވެރި އާއި ލ. މާންދޫ އާއި ލ. ގަމާއި ލ. ފޮނަދޫ އާއި ގދ. ތިނަދޫ އާއި އއ. އުކުޅަހާއި ކ. ތުލުސްދޫ އާއި ލ. ދަނބިދޫ އާއި އއ. ރަސްދޫ އާއި އައްޑޫ ސިޓީ އާއި ހއ. ދިއްދޫ އާއި ފ. ފީއަލި އެވެ. މީގެ އިތުރުން އއ. ހިމަންދޫ އާއި ކ. ގުރައިދޫ އާއި ފ. ނިލަންދޫ އާއި ލ. އިސްދޫ އާއި އދ. ފެންފުއްޓާއި ލ. މާވަށާއި ފުވައްމުލަކު ސިޓީ އާއި ނ. ވެލިދޫ އާއި ށ. ފުނަދޫ އާއި ށ. ޅައިމަގާއި ރ. ހުޅުދުއްފާރު އަދި ގދ. ގައްދޫވެސް އޮތީ ބަންދުކޮށްފައެވެ.

އަދި ބ. ތުޅާދޫ އާއި ވ. ފުލިދޫ އާއި އދ. މަހިބަދޫ އާއި ރ. މަޑުއްވަރީ އާއި އއ. ފެރިދޫ އާއި ހދ. ކުޅުދުއްފުށި ސިޓީ އާއި ށ. ކަނޑިތީމާއި ށ. ގޮއިދޫ އާއި ކ. ކާށިދޫ އާއި ދ. ކުޑަހުވަދޫ އާއި ގއ. ދާންދޫ އާއި ޅ. ހިންނަވަރު އަދި ގއ. ގެމަނަފުއްޓާއި ދ. ބަނޑިދޫގެ އިތުރުން ނ. ކެނދިކުޅުދޫ އާއި ތ. ގުރައިދޫވެސް އޮތީ ބަންދުކޮށްފައެވެ.