ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

އިތުރު ދެ މަރެއް، ނަމްބަރު 212 އަށް

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުން އައި އިތުރު ދެ މީހަކު މިއަދު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ރޭ 10:35 ގައި މަރުވެފައި ވަނީ އުމުރުން 90 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެއީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން އައި މީހެކެވެ. ކޮވިޑްގައި މިއަދު މަރުވެފައި ވަނީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ އުމުރުން 81 އަހަރުގެ އަންހެނެ ކެވެ. އޭނާ މަރުވީ ރޭ ފަތިހު 4:55 އެހާކަންހާއިރު އެވެ.

ވިލިނގިލީ ކައުންސިލް ގެ ރައީސް ވިޝާލް މުހައްމަދު މިއަދު އަވަސް އަށް ވިދާޅުވީ، ކޮވިޑް ބަލީގައި އެރަށުން މަރުވެފައިވާ މީހާ ވިލިނގިލި ކޮވިޑް ފެސިލިޓީއަށް ގެންދިޔައީ މީގެ ތިން ދުވަސް ކުރިން ކަމަށެވެ. ހާލު ދެރަވެގެން ވެންޓިލޭޓަރަށް ލައި، އޭނާ މަރުވުމާ ހަމައަށް ވެސް އޭނާގެ ނޭވާ ލައްވަމުން ގެންދިޔައީ ވެންޓިލޭޓަރުގަ އެހީގައި ކަމަށް ވިދާޅުވި އެވެ.

މިއަދުގެ މަރަށް ފަހު ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިވަނީ 212 އަށް އަރާފަ އެވެ. އަދި ވިލިނގިލީން މަރުވި މީހުންގެ އަދަދު ދޭކަށް ވަނީ އިތުރު ވެފަ އެވެ.

އިއްޔެ ނިޔަލަށް ރާއްޖެއިން 73،798 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އޭގެ ތެރެއިން 69،974 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ.
މިހާތަނަށް ބަލިން ރަނގަޅު ނުވެ ތިބީ 3،602 މީހެކެވެ. ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނީ 28 މީހެކެވެ.