ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި 48 އަހަރުގެ މީހަކު މަރުވެއްޖެ

ކޮވިޑްގައި މަރުވި މީހެއްގެ ޖަނާޒާގެ ތެރެއިން:ކޮވިޑްގައި 48 އަހަރުގެ މީހަކު މަރުވެއްޖެ
0%
0%
0%

ކޮވިޑް އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

މިއަދު މަރުވެފައިވަނީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް މީހެކެވެ. އެއީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ރާއްޖޭގެ 210 ވަނަ ކޮވިޑް މަރެވެެ. ކޮވިޑް ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މޭމަހުގަ އެވެ. މޭ މަހުގައި 100 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ކޮވިޑްގައި އިތުރު މީހަކު މަރުވިއިރު މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 73،482 އަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 3،883 މީހުންނެވެ. މިހާތަނަށް 69،378 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 27 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345