ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގއ. ވިލިނގިލި

ގއ. ވިލިނގިލީގައި ކާފިއުއެއް

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ގއ. ވިލިނގިލީގައި ކާފިއުއެއް ހިންގަން އެޗްޕީއޭ އިން ނިންމައިފި އެވެ. ވިލިނގިލީގައި ކާފިއު އޮންނާނީ މިއަދުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެެރެފައިވާ އެންގުމުގައި ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން އިރުއޮއްސި 6:00 އިން ފަތިހު 4:00 އަށް އެރަށުގައި ކާފިއު ހިންގާނެ އެވެ. އެވަގުތުތަކުގައި އެއްވެސް ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ.

މީގެ އިތުރުން ފާޓީތަކާއި ހަފުލާތައް މަނަލެވެ. އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓާލަން ޖެހެ އެވެ. ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުމާއި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލަން އަންގާފައިވެ އެވެ.

ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމު ކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ
ހިދުމަތް ދިނުމާއި ފިހާރަތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިޮދުމަތް ދިނުން ހިމެނެ އެވެ. ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓާލަން ވަނީ އަންގާފަ އެވެ.

ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ޑެލިވަރީގެ ހިދުމަތް ދިނުމަށް ވެސް ވަނީ އަންގާފަ އެވެ.