ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ބޭރުން އަންނަ ވެކްސިން ފުރިހަމަ ނޫން ދިވެހީން 14 ދުވަހަށް ކަރަންޓީނަށް

ފަތުރުވެރިން ފިޔަވާ ބޭރުން އަންނަ އެހެން ހުރިހާ މީހުން ރާއްޖެ އެތެރެވުމަށް ފަހު ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ލާޒިމުކޮށް އައު އުސޫލު އާންމުކޮށްފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ދުނިޔޭގެ ބައެއް ގައުމުތަކުން ފެނިފައިވާ ސަސްކޯވީ-2 ވައިރަސްގެ "އެމިކްރޯން" ވޭރިއަންޓާ ގުޅިގެން އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފަތުރުވެރިން ފިޔަވާ ބޭރުން އަންނަ އެހެން ހުރިހާ މީހުން ރާއްޖެ އެތެރެވުމަށް ފަހު ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ލާޒިމެވެ. އަދި ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިން ފުރިހަމަ ނުވާ ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށް ފަހު 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހެއެވެ. އެ މީހުން ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަސް ހަމަވުމަށް ފަހު ހަދާ ޕީސީއާރު ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުންނެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ މީހުން ރާއްޖެއަށް ދަތުރުފަށާ ބަނދަރުން ފުރާއިރު 96 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހެއެވެ. މިގޮތަށް ދަތުރުކުރާ މީހުންނާއެކުގައި ދަތުރުކުރާ އަހަރު ނުވާ ކުދީން ޕީސީއާރު ޓެސްޓް ހަދާކަށް ނުޖެހެއެވެ.