އެކިއެކި މައްސަލަތަކާ ގުޅިގެން އަތުލައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 190.15 ކިލޯ ގްރާމްގެ މަސްތުވާތަކެތި ނައްތާލައިފި އެވެ.
ފުލުހުން އެ ތަކެތި އިއްޔެ ނައްތާލާފައި ވަނީ ސަރުކާރުގެ ތަހުގީގު ޖަލު، ދޫނިދޫގަ އެވެ. ފުލުހުން ބުނީ، ނައްތާލާފައިވާ މަސްތުވާތަކެއްޗަކީ 2009 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ނައްތާނުލެވިހުރި ތަކެތި ކަމަށެވެ.
ނައްތާލި ތަކެތި
- 4،1926 ރަބަރު ޕެކެޓް
- 16،342 ސެލޯފިންކޮޅު
- 536 ފިލްމު ހުސްކުރި ދަޅު
- 911 ބްލެޓު
- 649 ބިޑި
- 2،334 ބޭސް ގުޅަ
- 25،146 އެހެނިހެން ތަކެތި
- 51.16351 ކިލޯ ގްރާމްގެ ހެރޮއިން
- 41.19352 ކިލޯގްރާމްގެ ކެނެބިސް
- 1.97 ގްރާމްގެ އެމްފެޓަމިން
- 3.05711 ކިލޯގްރާމްގެ މެޓަމްއެމްފެޓަމިން ރެސިމޭޓް
- 173.88 ގްރާމްގެ ނައިޓްރަޒިޕާމް
- 113.66 ގްރާމްގެ އެމްޑީއެމްއޭ
- 6.60065 ކިލޯގްރާމްގެ ކޮކޭން
މި ތަކެތި ނައްތާލީ މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލް އެކުލަވާލާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.