ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑުން ރަނގަޅުވެގެން ރަށަށް ގޮސް ކަރަންޓީނު ވާކަށް ނުޖެހޭނެ

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ޕޮސިޓިވްވާ މީހުން، ޕޮސިޓިވްވިތާ ތިން މަސް ފަހުން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ކުރާ ކަރަންޓީނުން އިސްތިސްނާ ވާނެ ގޮތައް އެޗްޕީއޭ އިން އުސޫލެއް އެކުލަވާލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ ކޮވިޑް އަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވާ މީހުން، ޕޮޒިޓިވްވި ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް އިސްތިސްނާވާނެ ކަންކަން ބަޔާންކޮށް އުސޫލެއް ނެރެފަ އެވެ.

އެ އުސޫލުގައި ބުނަނީ، ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި ކަރަންޓީނު ވާން ނުޖެހޭ ކަމަށެވެ. އެހެންނަމަވެސް އެ އުސޫލަށް އަމަލު ކުރަނީ ބަލިން ރަނގަޅުވިތާ ތިން މަސް ފަހުން ދަތުރު ކުރާ މީހުންނަށެވެ. ކޮވިޑް އަށް ޕޮސިޓިވްވެ ރަނގަޅުވާ މީހުން ޕީސީއާރް ޓެސްޓުކުރުމާއި، ކަރަންޓީނު ކުރުމާއި އައިސޮލޭޓް ކުރުމުން އިސްތިސްނާ ވާނެ ހާލަތްތައް އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.

އެގޮތުން، އެގޮތުން ވަޒީފާއަށް ނުވަތަ މަސައްކަތަށް ނުކުތުމުގެ ބޭނުމުގައި ޕީސީއާރް ޓެސްޓްކުރުމާއި، ކޮވިޑްގެ އަލާމާތެއް ނެތް ނަމަ ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހެއްގެ ކޮންޓެކްޓަކަށް ވާތީ ޓެސްޓުކުރުމާއި ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ސަވައިލަންސްގެ ތެރެއިން ޓެސްޓުކުރާކަށް ދެން ނުޖެހޭނެ އެވެ.

މީގެ އިތުރުން، ބަލީގެ އަލާމާތެއް ނެތް ނަމަ ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހެއްގެ ކޮންޓެކްޓަކަށް ވާތީ ކަރަންޓީނުކުރުމާއި، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި ކުރާ ކަރަންޓީނު ކުރުމުންނާއި ކޮވިޑް19 އާ ގުޅިގެން އެމީހަކު ދިރިއުޅޭ ގެއަށް ވަދެ ނުކުތުން މަނާކުރެވިފައިވާ ހާލަތުގައި ކަރަންޓީނުގައި ހުރުމުން ވެސް އެމީހުން އިސްތިސްނާވާނެ ކަމަށް އުސޫލުގައި ވެ އެވެ.

އެޗްޕީއޭ އިން ނެރުނު އުސޫލުގައި ވަނީ އެއްވެސް ކަމަކާ ގުޅިގެން ޓެސްޓުކޮށް، ކޮވިޑް19 އަށް ޕޮޒިޓިވްވުމުން އައޮލޭޓްކުރާ ކުރުމުން ވެސް އެމީހުން އިސްތިސްނާ ވާނެ ކަމަށް ބުނެފަ އެވެ.

މިއުސޫލު އެކުލަވާލީ ކޮވިޑް-19 އާ ބެހޭގޮތުން މިހާތަނަށް ހޯދިފައިވާ ސައެންޓިފިކް ހޯދުންތަކުން ކޮވިޑް-19 އަށް ޕޮސިޓިވްވެ ބަލިން ރަނގަޅުވެފައިވާ މީހުންގެ ފަރާތުން ބަލިފެތުރޭކަން ކަށަވަރުކުރެވިފައި ނުވާތީ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އަދި، ކޮވިޑް އަށް ހޯދޭ ސައެންޓިފިކް ހޯދުންތަކުގެ އަލީގައި މި އުސޫލަށް ބަދަލު އައުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.