ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދައުލަތުގެ އާމްދަނީ

ދައުލަތަށް މިހާތަނަށް ލިބުނީ 8.2 ބިލިއަން ރުފިޔާ

Aug 27, 2020

މި އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 8.2 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް އާމްދަނީގެ ގޮތުގައި 8.2 ބިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު 15 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިހާތަނަށް ޓެކުސް އިން އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 6.7 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު 11 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ދައުލަތުގެ ހަރަދު ތަކަށް މިހާތަނަށް 16 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ހޭދަ އުޅެނީ 15.5 ބިލިއަން ރުފިޔާގަ އެވެ. މި އަހަރު ސަރުކާރު މުވައްޒަފުން މުސާރަ ދިނުމަށް 5.8 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިދިޔަ އަހަރު ހޭދަ ކޮށްފައި ވަނީ 5.7 ބިލިއަން ރުފިޔާ އެވެ.

މި އަހަރަށް ސަރުކާރުން 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކޮށްފައިވެ އެވެ. މި އަހަރު ލިބޭނެ ކަމަށް ކުރިން އަންދާޒާކުރީ 30 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިހާރު ބެލިފައި ވަނީ ލިބޭނީ 15 ބިލިއަން ރުފިޔާ އެވެ.