އިދިކޮޅު ފަރާތްތައް

ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ ރަށު ކޮމެޓީތައް އިންތިހާބު ކުރަނީ

Sep 2, 2020

ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ ޕްރޮގްރެސިވް ކޯލިޝަނާ ގުޅިގެން ދާ ގޮތަށް ދެ ޕާޓީގެ ރަށު ކޮމިޓީތަކުގެ އިންތިހާބެއް ބާއްވަން ނިންމައިފި އެވެ.

އެތެރޭގެ މި އިންތިހާބު ތާވަލު ކޮށްފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހަށެވެ.

އެ ދެ ޕާޓީން ބުނި ގޮތުގައި އެ ތެރޭގެ އެ އިންތިހާބުގައި ރަށު ކޮމިޓީތަކަށް މެންބަރުން އިންތިހާބު ކުރާނީ އެރަށެއްގެ އާބާދީގެ ނިސްބަތުން ކޮމިޓީތަކުގެ މެންބަރުންގެ އަދަދު ކަނޑައަޅައިގެނެވެ. އެެގޮތުން އާބާދިއާށް ބަލައި، ފަސް މެންބަރުންނާއި ހަތް މެންބަރުންނާއި ނުވަ މެންބަރުންނާއި 11 މެންބަރުން ހިމެނޭގޮތަށް ކޮމިޓީތައް އިންތިހާބު ކުރާނެ އެވެ.

އަދި އެ ކޮމިޓީތަކުގައި ޒުވާނުންނާއި އަންހެނުންނަށް ޕަސެންޓެއް ހާއްސަ ކުރާނެ އެވެ. މި އިންތިހާބުގައި ރަށު ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު އަދި އިއުލާނެއް ނުކުރެ އެވެ.