ލައިފްސްޓައިލް

މާމުއިކުޅަނދުރުގެ ވިހައިން ބްރެސްޓް ކެންސަރުގެ ސެލްތައް މަރުވޭ

މާމުއި ކުޅަނދުރު ވިހަ އާއި އެ ވިހާގައި ހިމެނޭ މާއްދާއެއް ކަމުގައިވާ މެލިޓިން، ކެންސަރުގެ ފަރުވާކުރަަން އުނދަގޫ ވައްތަރެއްގެ ކަމަށްވާ އުރަމަތީގެ ކެންސަރުގެ ފަރުވާއެއް ހޯދަން ވަނީ ބޭނުންކޮށްފަ އެވެ. އެ ޓެސްޓުތަކުގެ ނަތީޖާ ދައްކާ ގޮތުން ވިހައިގެ ނަތީ ވަރަށް ފޮންޏެވެ. އެކަމަކު ސައިންސްވެރިން ވިދާޅުވަނީ އަދި އިތުރަށް އެތައް ތަހުލީލުތަކެއް ކުރަން ބޭނުންވާ ކަަމަށެވެ.

އުރަމަތީގެ ކެންސަރަކީ ދުނިޔޭގައި އަންހެނުންނަށް އެންމެ ގިނައިން ޖެހޭ ކެންސަރެވެ. އުރަމަތީ ކެންސަރުގެ ސެލްތައް ބަލިކޮށް ބައްޔަށް ފަރުވާ ދޭން އެތައް ހާސް ބާވަތެއްގެ ކެމިކަލް ބޭނުން ކުރާއިރު އޭގެތެރެއިން އިންސާނުންނަށް ފަރުވާ ދިނުމުގައި ބޭނުން ކުރެވެނީ ވަރަށް މަދުބާވަތްތަަކެއް ކަމަށް ސައިންސްވެރިން ވިދާޅުވެ އެވެ.

މީގެކުރިންވެސް ކުޅަނދުރު ވިހައިން އެހެން ބާވަތްތަކުގެ ކެންސަރަށް ފަރުވާއެއް ދެވޭކަން ވަނީ ހޯދިފަ އެވެ. އެގޮތުން ކެންސަރުގެ ބާވަތެއް ކަމުގައިވާ މެލަނޯމާއަށް ކުޅަނދުރުގެ ވިހައިން ފަރުވާއެއް ދެވިދާނެކަން ތަހުލީލުތަކުން ދައްކާފައި ވެއެވެ.

ދިރާސާ ކުރާ ފަރާތްތަކުން ވަނީ 300 "ހަނީ ބީ" އާއި "ބަމްބްލީ ބީ" ގެ ވިހަ ނަގައި ޓެސްޓްކޮށްފަ އެވެ. އޭގެ ނަތީޖާ ދައްކަނީ ގަބޫލު ކުރަން ދަތިވާ ވަރުގެ ކާމިޔާބު ގޮތަކަށް ކަމަށް ދިރާސާގައި އިސްކޮށް އުޅުއްވި ޕީއެޗްޑީ ރިސާޗާ، ކްލާރާ ޑަފީ ވިދާޅުވެފައި ވެއެވެ.

ކުޅަނދުރު ވިހައިގެ މަދުމިންވަރަކުން ވެސް ކެންސަރު ބަލީގެ ސެލްއެއް އެއްގަޑިއިރުގެތެރެގައި މަރާލެވެ އެވެ. އަދި މި ފަރުވާގައި ކައިރީގައިވާ އެހެން ސެލްތަކަށް މާބޮޑު ގެއްލުމެއް ނުވެއެވެ. އެކަމަކު ޑޯޒްގެ ލެވެލްއަށް ބެލުމަށްފަހު ކުޅަނދުރުގެ ވިހަ ހިމެނޭ މާއްދާ އިތުރު ކުރަންޖެހޭނެ އެވެ.

މެލިޓިން ގުދުރަތީ ގޮތުން މާމުއި ކުޅަނދުރުގައިވާއިރު މަސްނޫއީކޮށް ވެސް އެ މާއްދާ އުފެއްދެ އެވެ. ބައެއް ވައްތަރުގެ ކެންސަރަށް ދޭ ފަރުވާއަކީ ސާޖަރީ އާއު ރޭޑީއޯ ތެރެޕީ އަދި ކީމޯ ތެރެޕީ އެވެ. މި ދިރާސާއިން ދައްކާގޮތުގައި މެލިޓިންގެ ސަބަބުން އިތުރު ކެންސާ ސެލްތައް އުފެދުން ވެސް މަދުވެ އެވެ.

މި ދިރާސާ އިން އިތުރަށް ހާމަވީ ގުދުރަތީ ވަސީލަތްތަކުން އިންސާނުންނަށް ޖެހޭ ބަލިތަކަށް ފަރުވާކުރެވޭ ކަމެވެ. އެކަމަކު ދިރާސަާ ކުރާ ފަރާތްތަކުން ބުނާ ދޭގަޮތުގައި މި ވިހަ ކެންސަރަށް ދޭ ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރުމަށް އަދި އިތުރު މަސައްކަތްތަކެއް ކުރަންޖެހޭނެ އެވެ. ފުޅާ ދާއިރާއެއްގައި ކެންސަރަށް ފަރުވާކުރެވޭ ބޭހެއް އުފެއްދޭ މާއްދާއެއްތޯ ބަލަން ވެސް އަދި އިންތިޒާރެއް ކުރަން ޖެހޭނެ އެވެ.