ބޮލީވުޑް

"ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" ގެ ސީކުއަލްއެއް

ކާރްތިކް އާރްޔަން އާއި ސަނީ ސިންގް އަދި ނުޝްރަތު ބަރޫޗާ އެކުގައި ދެ ތިން ފިލްމެއް ކުޅެފައި ވެއެވެ. އޭގެ ތެރޭގައި "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ" އާއި "ޕިޔާރް ކާ ޕަންޗްނާމާ" ހިމެނެ އެވެ. ސަނީ ބުނި ގޮތުގައި "ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީ"ގެ ދެ ވަނަ ބަޔާއި "ޕިޔާރް ކާ ޕަންޗްނާމާ" ގެ ތިން ވަނަ ބައެއް އުފެއްދުމުގެ މަސައްކަތް މިހާޜު ވަނީ ފަށާފަ އެވެ.

އަދި މި ދެ ފިލްމުގައި ވެސް އޭނާ އާއި ކާޜްތިކް އަދި ނުޝްރަތު ބައިވެރިވާ ކަމަށް އޭނާ ބުންޏެވެ.
އިންޑިޔާގެ ނޫހަކާ ވާޙަކަ ދައްކަމުން ދަނީ ބުނީ މި ދެ ފިލްމު އުފެއްދުމަށް ޑައިރެކްޓަރު ލަވް ރަންޖަން މިހާރު ޓައިމްލައިނެއް ހަދާފައިވާ ކަމަށެވެ.

ސަނީ ބުނި ގޮތުގައި ލޮކްޑައުން އާއި އޭގެ ފަހުން ވެސް ކާރްތިކް އާ ބައްދަލު ނުވިޔަސް ފޯނުން އެމީހުން އަބަދުވެސް ވާހަކަ ދައްކާ ގުޅުން ބަދަހި ކުރެ އެވެ. އަދި އެމީހުންގެ މައިންބަފައިންނަކީ އަވަށްޓެރިން ކަމަށްވާތީ އެމީހުންގެ މެދުގައި ގާތް ގުޅުމެއް އޮންނަ ކަމަށާއި އެކުގައި ހިނގާލަން ގޮސް އުޅޭ ކަމަށެވެ.

"ކާރްތިކް އާއި އަހަރެންގެ އާއިލާ އަކީ ވަރަށް އެކުވެރިކޮށް އުޅޭ ބައެއް. އަހަރެމެންގެ މެދުގައި ވެސް އެ އެކުވެރިކަން އެބައޮތް. އެހެންވީމާ ފިލްމުތަކުގެ ޝޫޓިން ފެށުނީމަ ވަރަށް މަޖާ ވާނެ،" ސަނީ ބުންޏެވެ.

ސަނީ އެންމެ ފަހުން ކުޅުނީ "ޖެއި މަމްމީ ޑީ" ކިޔާ ފިލްމެކެވެ.