ބޮލީވުޑް

ޖަލުގެ މަންޒަރުތައް އަހަރެން ތަފާތު މީހަކަށް ބަދަލުކޮށްލި: ވެޑަންގް

ޖިގްރާ ފިލްމުގެ ސީންއެއް
0%
0%
0%

ޖަލުގައި ޝޫޓުކުރަން ޖެހުނު މަންޒަރުތަކުން ބޮލީވުޑް އެކްޓަރު ވެޑަންގް ރައިނާ ތަފާތު މީހަކަށް ބަދަލުކޮށްލި ކަމަށް އޭނާ ބުނެފި އެވެ.

ވެޑަންގް މިހާރު ދަނީ މަޝްހޫރު އެކްޓްރެސް އާލިއާ ބަޓްއާ އެކު ބޮލީވުޑް ފިލްމު "ޖިގްރާ" ރިލީޒް ކުރުމަށް ތައްޔާރުވަމުންނެވެ.

ޖިގްރާ އަކީ ޖަލުގައި ހުންނަ ފިރިހެން ކުއްޖަކަށް އަނިޔާކުރުމުން އޭނާ ސަލާމަތްކުރުުމަށް އަންހެން ކޮއްކޮ ކުރާ ބުރަ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމުގައި އަންހެން ކުއްޖާގެ ރޯލު ކުޅެނީ އާލިއާ އެވެ. އަދި އޭނާގެ ބޭބެގެ ރޯލު ކުޅެނީީ ވެޑަންގް އެވެ.

ޖިގްރާ ފިލްމުގެ ޓްރެއިލާ

މިފަހުން ވެޑަންގް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ކުޅުނު ރޯލަށް ރަނގަޅަށް ވަނުމުން ނަފްސާނީ ގޮތުން ގިނަ އަސަރުތަކެއް އޭނާއަށް ކުރި ކަމަށެވެ.

މީގެތެރެއިން ވެސް ޖަލުގައި އޭނާ ޝޫޓުކުރަން ޖެހުނު ސީންތަކަކީ އޭނާ އެއްކޮށް ބަދަލުކޮށްލި ސީންތަކެއް ކަމަށްވެސް ވެޑަންގް ބުންޏެވެ.

އޭނާ ބުނީ ރަނގަޅު ހުށަހެޅުމެއް ގެނެސްދިނުމަށް މަރަށް ހުކުމް ކޮށްފައި ތިބޭ ގައިދީންނާ ބެހޭ ގިނަ ޑޮކިއުމެންޓްރީތަކެއްވެސް ބެލި ކަމަށެވެ.

"އުނގަދޫވީ އެ ވިސްނުން ގެންގުޅުމަށް، ޖަލުގައި މަރުވާނެ ދުވަހަކަށް އިންތިޒާރުކުރަން އޮންނަ މީހަކަށް ކުރާނެ އިހުސާސްތައް،" ވެޑަންގް ބުންޏެވެ.

ޖިގްރާ ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ މަހު 11 ވަނަ ދުވަހު އެވެ. ފިލްމުގެ ޓްރެއިލާ މިހާރު ވަނީ އާންމުންނަށް ދައްކާލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910