ބޮލީވުޑް

އާލިއާގެ ކުޑަކުދިންގެ ވާހަކަ ސީރީޒްއެއް

އާލިއާ ބަޓްގެ ކުޑަކުދިންގެ ބްރޭންޑް "އެޑް-އަ-މަމާ" އިން ކުޑަކުދިންގެ ވާހަކަ ތަކުގެ ސީރީޒްއެއް މި ހަފްތާގައި ލޯންޗު ކުރަނީ އެވެ.

ބޮލީވުޑްގެ ތަރި އާލިއާގެ ކުޑަކުދިންނަށް ހާއްސަ ހެދުން ބްރޭންޑް އޭނާ އުފައްދާފައިވަނީ 2020 ގައެވެ.

އެއަށްފަހު މި ހަފްތާގައި އެ ބްރޭންޑުން ކުޑަކުދިންނަށް ހާއްސަ ވާހަކަ ފޮތްތަކުގެ ސީރީޒްއެއް ލޯންޗު ކުރުމަށް ވަނީ ނިންމާފަ އެވެ.

ވާހަކަ ފޮތް ސީރީޒްގެ ފުރަތަމަ ފޮތަށް ކިޔަނީ "އެޑް ފައިންޑްސް އަ ހޯމް" ކަމުގައި އާލިއާ ބުނެފައިވެ އެވެ.

މި ފޮތް ސީރީޒް އަކީ ކުރިއަށް އޮތް ޖީލުގެ ކުދިން ވަށައިގެންވާ ގުދުރަތީ މާހައުލަށް ލޯބި އުފައްދާ ފަދަ ވާހަކަ ސީރީޒް އަކަށް ވާނެ ކަމަށްވެސް އާލިއާ ބުނެ އެވެ.

އާލިއާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ ދެން އެންމެ އަވަހަށް ފެންނާނީ މިއަހަރަު ނިކުންނަން ހަމަޖެހިފައިވާ ފިލްމު "ޖިގްރާ" އިންނެވެ.