ބޮލީވުޑް

އުމުރުން ދޮށީ މީހުންނަށްވެސް ބޮލީވުޑްގައި ފުރުސަތު އެބަހުރި: ސޯހާ

ސޯހާ އަލީ ހާން
0%
0%
0%

އުމުރުން 40 އަހަރު ވެފައި ތިބި ހުނަރުވެރި ފަންނާނުންނަށްވެސް ބޮލީވުޑްގައި ފުރުސަތު އެބަހުރި ކަމަށް ސޯހާ އަލީ ހާން ބުނެފި އެވެ.

ސޯހާ އާއި އޭނާގެ ފިރިމީހާ ކުނާލް ކެމްމުއަށް 2017 ވަނަ އަހަރު ލިބުނު ފުރަތަމަ ދަރިފުޅު އިނާޔާގެ ކުރިން ސޯހާ ވަނީ ބައެއް ފިލްމުތަކުގައި މުހިއްމު ރޯލުތަކެއް އަދާކޮށްފަ އެވެ.

"އަހަރެން ބޭނުން ފިލްމީ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރަން. އެކަމަކު މަންމައެއްގެ ރޯލުން އަހަރެންނަށް ވަރަށް އުފާވެރިކަން ލިބޭ. މިހާރު އިނާޔާއަށް ހަ އަހަރު ވެއްޖެ. އަމިއްލައަށް ކަންކަން ކުރެވޭ. އެހެންވެ މިހާރު ބޭނުންވަނީ ވާކް-ލައިފް ބެލެންސްކޮށް މަސައްކަތަށް ބޮޑަށް އިސްކަން ދޭން،" ސޯހާ ބުންޏެވެ.

ސޯހާ ބުނީ އޭނާގެ އުމުރު 40 އިން މައްޗަށް ގޮސްފައިވާއިރު އެ އުމުރުގެ މީހުންނަށް ވެސް ބޮލީވުޑްގައި ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށާއި އޭނާވެސް ފިލްމީ ދާއިރާގައި އަނެއްކާވެސް މަސައްކަތް ކުރަން ބޭނުންވެ އެކަމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ފިލްމީ ދާއިރާއިން ސޯހާ ވަގުތީ ގޮތުން ދުރުވުމުގެ ކުރިން އޭނާ ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި "ސާހެބް"، "ޣަޔަލް ވަންސް އެގެއިން" އަދި "31 އޮކްޓޯބަރު" ހިމެނެ އެވެ.

ސޯހާ އިތުރަށް ބުނީ ކުރިއަށް އޮތް ތަނުގައި ބިރުވެރި ފިލްމެއްގެ ރޯލަކުން އޭނާ ފެނިގެން ދާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345