ބޮލީވުޑް

އަލީއާއި ރިޗާއަށް އަންހެން ކުއްޖަކު ލިބިއްޖެ

ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ އަލީ ފަޒާލް އައި ރިޗާ ޗައްޑާއަށް ލިބުނު އަލަތު ދަރިފުޅަކީ އަަންހެން ކުއްޖެއް ކަމަށް އިއުލާންކޮށްފި އެވެ.

ދެ ތަރިންގެ ފަރާތުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނީ އެ ދެމަފިރިންނަށް މި މަހުގެ 16 ވަނަ ދުވަހު ދުޅަހެޔޮ ސިއްހަތެއްގައިވާ އަންހެން ކުއްޖަކު ލިބިފައިވާ ކަމަށެވެ.

މި ދެމަފިރިންނަކީ ބޮލީވުޑްގެ ދެމަފިރިންގެ ތެރެއިން ފޭނުންގެ ތެރޭގައި މިވަގުތު އެންމެ މަގުބޫލު ދެމަފިރިންނެވެ.

އަލީއާއި ރިޗާ ކައިވެނި ކުރީ 2020 ވަނަ އަހަރުގެ ތެރޭގައެވެ.

ދެ ތަރިން އެކުގައި މީގެ ކުރިން ވަނީ "ފުކްރޭ" ފިލްމުގައި އަދި އެ ފިލްމުގެ ސިކުއެލް އިން ވެސް ފެނިފަ އެވެ.

ރިޗާ ވަނީ އޭނާ ބަނޑުބޮޑު އިރުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް މާބަނޑު ދުވަސްވަރު ފިރިމީހާގެ ފަރާތުން ލިބުނު ލޯތްބަށް ޝުކުރު އަދާކޮށްފަ އެވެ.