ބޮލީވުޑް

އާނަންތުގެ ކައިވެނީގައި ކިމް ކާޑޭޝިއަން އިންޑިއާގެ ސަގާފީ ހެދުމުގައި

ކިމް ކާޑޭޝިއަން އާނަންތު އަންބާނީގެ ކައިވެނި ހަފްލާގައި
0%
0%
0%

އާނަންތު އަންބާނީ އަދި ރަދިކާ މާޗަންޓުގެ ކައިވެނީގެ ހަފްލާގައި މަޝްހޫރު ކްލޮއީ އަދި ކިމް ކާޑޭޝިއަން ފެނިގެން ދިޔައިރު ދެ މީހުން ވެސް ދިޔައީ އިންޑިއާގެ ސަގާފީ ހެދުމުން ޖަރީވެގެންނެވެ.

މި ކައިވެންޏާ ގުޅިގެން ބޭއްވި އެކި ހަފްލާތަކުގައި މުޅި ދުނިޔޭގައިވެސް ނަން މަޝްހޫރު މީހުން ބައިވެރިވިއިރު، ކްލޮއީ އަދި ކިމް ކާޑޭޝިއަންގެ އިތުރުން ޖޯން ސީނާއާއި ބޮރިސް ޖޯންސަންވެސް މި ހަފްލާގައި ބައިވެރިވި އެވެ.

މުމްބާއީގެ ޖިއޯ ވޯލްޑް ސެންޓަރުގައި ބޭއްވި އިންޑިއާ އަދި އޭޝިއާގެ އެންމެ ބޮޑު މަހުޖަނުގެ ހަގު ދަރިފުޅުގެ ކައިވެނީގެ ހަފްލާގައި މި ހަތަރު ތަރިން ވެސް ބައިވެރިވީ އިންޑިއާގެ ސަގާފީ ހެދުމުގައެވެ.

ނަމަވެސް ކިމް ލައިގެން ހުރި ރަތް ކުލައިގެ ސަގާފީ ހެދުމަށް ވަނީ ބައެއް މީހުންގެ ފާޑުކިޔުން ރައްދުވެފަ އެެވެ. އެއީ އާންމުކޮށް ރަތް ކުލައަކީ ކައިވެނި ކުރާ އަންހެން މީހާ ލާ ކުލައަކަށް ވާތީ އެވެ.

ކިމްއާއި ކްލޮއީ ވެސް ވަނީ ދެމީހުންގެ އިންސްޓަގްރާމް އެކައުންޓުތަކުގައި މި ހަފްލާގައި ނެގި ފޮޓޯތައް ހިއްސާކޮށްފަ އެެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345