އަކެޝޭ ކްމާރު

އަކްޝޭގެ ދެ ފިލްމު އެއް ދުވަހެއްގައި

އަކްޝޭ ކުމާރުގެ ފިލްމަކަށް އިންތިޒާރުގައި ތިބި ފޭނުންނަށް މި އަހަރުގެ އޮގަސްޓް 15 ވަނަ ދުވަހަކީ ބޮޑު ދުވަހެކެވެ.

ސަބަބަކީ އެ ދުވަހު ސިނަމާތަކުގައި އަކްޝޭގެ ދެ ފިލްމު ޕްރިމިއާ ކުރާނެތީ އެވެ.

ފުރަތަމަ އަކްޝޭ ފެނިގެން ދާނީ ކޮމެޑީ ފިލްމެއް ކަމަށްވާ "ކެލް ހެލް މޭން" ގައި އޭނާ ކުޅޭ މައިގަނޑު ކެރެކްޓާގެ ރޯލުންނެވެ. މި ފިލްމުގައި އަކްޝޭއާއެކު ބޮލީވުޑްގެ ތަރިން ކަމަށްވާ ތާޕްސީ ޕަންނޫ އާއި ވާނީ ކަޕޫރު ވެސް ފެނިގެންދާނެ އެވެ.

ދެން އޭނާ ފެނިލާނީ އެންމެން ހައިރާން ކުރުވާފަދަ ފެނިލުމަކުން "ސްޓްރީ 2" އަކުންނެވެ. މިއީ ޝްރައްދާ ކަޕޫރާއި ރާޖްކުމާރު ރާއޯވެސް ފެނިގެންދާނެ ފިލްމެކެވެ.

އަކްޝޭ، ސްޓްރީ 2ގައި ކުޅެފައިވާ ސަޕްރައިޒް ސީންގެ ސަބަބުން މުޅި ފިލްމުގެ ސީކުއެންސް އިތުރަށް ފުރިހަމަ ވާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ.