އަކެޝޭ ކްމާރު

އަކްޝޭގެ "ކަޓްޕުތްލީ"ގެ ޓްރެއިލާ ނެރެފި

Aug 24, 2022

އަކްޝޭ ކުމާރްގެ ސަސްޕެންސް ތްރިލާ "ކަޓްޕުތްލީ"ގެ ޓްރޭލާ ނެރެފި އެވެ.

މި ފިލްމްގެ ޓްރޭލާ އިން ފެންނަނީ އަކްޝޭ ކުމާރް އަދި އޭނާގެ ޕޮލިސް ޓީމުން، މީހުން މަރަމުންދާ މީހަކު ހޯދުމަށް އުޅޭތަނެވެ.

އެ މީހާ ތިން ސްކޫލް ކުދިން މަރާފައިވާ ކަމަށް ފިލްމުގައި ދައްކަ އެވެ. އަދި އަކްޝޭގެ ޓީމް ދެ ދުވަސް ތެރޭ އެ މީހާ ހޯދަންޖެހެ އެވެ.

މި ފިލްމްގައި އަކްޝޭއާއެކު ރާކުލް ޕްރީތް ސިންގް، ސަރްގުން މެހްތާ، ޗަންދްރަޗޫރް ސިންގް އާއި ގުރްޕްރީތް ގުގީ އުޅެ އެވެ.

އަކްޝޭ އެންމެ ފަހުން ފެނިގެން ދިޔައީ މި މަހު ނިކުތް "ރަކްޝާ ބަންދަން" އިންނެވެ.

އިންޑިއާގެ ފިލްމުތައް ބޮއިކޮޓް ކުރުމަށް ގޮވާލަމުން ދިއުމާ ގުޅިގެން ރަކްޝާ ބަންދަންގައި އެކްޝޭ އަށް މާބޮޑު ސަޕޯޓެއް ނުލިބެ އެވެ.