އަކެޝޭ ކްމާރު

އަކްޝޭ ކުމާރް "ޖޮލީ އެލްއެލްބީ 3" ގައި

Aug 14, 2022

އަކްޝޭ ކުމާރަކީ ބޮލީވުޑްގެ އެންމެ ބިޒީ އެއް ތަރިއެވެ.

އެކްޝަން، ކޮމިޑީ، ރޮމޭންސް، ޕީރިއަޑް ޑްރާމާ އިން ގޮސް ހުރިހާ ބާވަތެއްގެ ފިލްމް ކުޅޭ ކުޅަދާނަ ތަރިއެކެވެ.

މިދިޔަ ހަފްތާގައި އަކްޝޭގެ "ރަކްޝާ ބަންދަން" ރިލީޒްކޮށްފައިވާއިރު "ކަޓްޕުޓްލީ"، "ރާމް ސެޓޫ"، އޯ މައި ގޯޑް 2"، "ކެޕްސޫލް ގިލް"، "މުދައްސަރު އަޒީޒް" އަދި "ސްކައި ފޯސް" ފަދަ ފިލްތައް ކުރިއަށް އެބައޮތެވެ.

މި ލިސްޓަށް "ޖޮލީ އެލްއެލްބީ 3" ވެސް މިހާރު ވަނީ އިތުރުވެފަ އެވެ.

2013 ގައި ރިލީޒްކުރި "ޖޮލީ އެލްއެލްބީ"ގެ ފުރަތަމަ ފިލްމްގައި އަރްޝަދް ވަރްސީ ލީޑް ރޯލް ކުޅެފައިވާއިރު، 2017 ގައި ރިލީޒްކުރި ދެވަނަ ފިލްމާއި ކުރިއަށް އޮތް ތިންވަނަ ފިލްގައި ލީޑް ރޯލް ކުޅޭނީ އަކްޝޭ ކުމާރް އެވެ.