އަކެޝޭ ކްމާރު

"ކަޓްޕުތްލީ" ސްޓާ ނެޓްވާކަށް ވިއްކާލައިފި

އަކްޝޭ ކުމާރްގެ ކުރިއަށް ރިލީޒްކުރުމަށް ހަމަޖެހިފައިވާ ސަސްޕެންސް ތްރިލާ "ކަޓްޕުތްލީ" 180 ކްރޯރް އިންޑިއަން ރުޕީސްއަށް ވިއްކާލައިފި އެވެ.

މި ފިލްމް ދެން ފެނިގެންދާނީ ޑިޒްނީ + ހޮޓްސްޓާ އިންނެވެ.

އަކްޝޭގެ "ލަކްޝްމީ" އާއި "އަތްރަންގީ ރޭ" ފިލްމްތައްވެސް މީގެ ކުރިން އެ ނެޓްވާކަށް ވިއްކާލާފައިވެ އެވެ.

މި ފިލްމްގައި އަކްޝޭއާއެކު ރާކުލް ޕްރީތް ސިންގް، ސަރްގުން މެހްތާ، ޗަންދްރަޗޫރް ސިންގް އާއި ގުރްޕްރީތް ގުގީ އުޅެ އެވެ.

މި ފިލްމަކީ ޕޫޖާ އެންޓަޓެއިންމަންޓުން ޕްރޮޑިއުސްކޮށް ރަންޖީތް ޓެވާރީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.