އަކެޝޭ ކްމާރު

ބޮއިކޮޓް ކުރަން ގޮވާލުމަށްފަހު އަކްޝޭ ރާއްޖެއަށް

އަކްޝޭ ކުމާރު (ކ)ގައި ރާއްޖޭގައި
0%
0%
0%

މިއަހަރުގެ ކުރީކޮޅު އިންޑިއާ އާއި ރާއްޖެއާ ދެމެދު ހިޔާލުތަފާތުވުން އެންމެ ބޮޑުވި ދުވަސްވަރު ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރަން ގޮވާލުމަށްފަހު ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަކްޝޭ ކުމާރު ރާއްޖެ އަތުވެއްޖެ އެވެ.

ޗުއްޓީއަކަށް އަކްޝޭ ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުވައްޒަފަކު ވަނީ އަކްޝޭއާ އެކު ފޮޓޯ ނަގައި ސޯޝަލްމީޑިއާގައި ހިއްސާކޮށްފަ އެވެ.

އަކްޝޭ މިވަގުތު ރާއްޖޭގައި ހުރި ނަމަވެސް އޭނާ ޗުއްޓީ ހޭދަކުރަމުން ދަނީ ކޮން ރިސޯޓަކު ކަމެއް އެނގިފައެއް ނުވެ އެވެ.

ސޯޝަލްމީޑިއާގައި 46 މިލިއަން މީހުން އަކްޝޭ ފޮލޯކުރާއިރު އޭނާ އަކީ ރާއްޖެއަށް އާންމުކޮށް އަންނަ ފިލްމީ ތަރި އެކެވެ.

އަކްޝޭގެ އިތުރުން އިންޑިއާގެ އެހެން ބައެއް ފިލްމީ ތަރިންވެސް ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލާފައިވެ އެވެ. ނަމަވެސް އެފަދަ ބައެެއް ތަރިންވެސް މިހާރު ދަނީ ރާއްޖެއަށް ޗުއްޓީއަށް އަންނަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910