އަކެޝޭ ކްމާރު

އަކްޝޭ ލީޑްރޯލް ކުޅޭ ސަރްފިރާއަށް 7 ކްރޯޑް ރުޕީސް ލިބިއްޖެ

އަކްޝޭ ކުމާރުގެ ފަހުގެ ފިލްމު "ސަރްފީރާ"
0%
0%
0%

ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރުގެ ފަހުގެ ފިލްމު "ސަރްފިރާ" އަށް ހަތް ކްރޯޑް ރުޕީސް ލިބިއްޖެ އެވެ.

މި ފިލްމު ސިނަމާތަކުގައި ރިލީޒްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

ރިޕޯޓުތައް ބުނާގޮތުން ހުކުރު ދުވަހު އެކަނިވެސް ބޮކްސް އޮފީހުގައި މި ފިލްމަށް 2.5 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ. އަދި ދެވަނަ ދުވަހު މި ފިލްމަށް ހަތް ކްރޯޑް ރުޕީސްއާ ގާތް ކުރާ އަދަދަކަށް ލިބިފައިވެ އެވެ.

މި ފިލްމަކީ ހިޓް ޓަމިލް ފިލްމެއް ކަމަށްވާ "ސޫރަރައި ޕޮޓްރޫ"ގެ ރީމޭކެކެވެ.

ސަރްފިރާގައި އަކްޝޭ ކުޅެނީ ޓަމިލް ފިލްމުގެ މައިގަނޑު ކެރެކްޓާ ކަމަށްވާ ވިރް މަޓްރޭގެ ރޯލެވެ. މިފިލްމުން ފެނިގެންދާ ރަދިކާ މަދާން ކުޅެނީ އަކްޝޭގެ އަންހެނުން ރާނީ މުހަތުރޭގެ ރޯލެވެ.

ފިލްމުގެ ޑިރެކްޓަރު ސުދާ ކޮންގަރާ ދިން އިންޓަވިއުއެއްގައި ބުނީ އަކްޝޭއަށް ސްކްރިޕްޓް ދިނުމުން އޭނާ އެއަށް ޝައުގު އުފެދުނުކަމާއި އިތުރަށް ފުރިހަމަ ކުރުމަށް އެކި ހިޔާލުތައްވެސް ދިން ކަމަށެވެ.

ސުދާ ބުނީ ފިލްމެއް ދެ ބަހަކުން ގެނައުމުގައި ކުރިމަތިވާ ގޮންޖެހުމަކީ ފިލްމުގެ "އެސެންސް" ތަފާތު ނުވެ ހިފެހެއްޓުން ކަމަށެވެ. އަދި އެކަން ކުރުމަކީ ގޮންޖެހުމަކަށް ވާއިރު އެއީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައިވެސް ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345