ބޮލީވުޑް

އަނަންތުއާއި ރަދިކާގެ ކައިވެނީގެ ހަފްލާއަކަށް މަޝްހޫރު ތަރިން އިޓަލީއަށް

މަޝްހޫރު ތަރިން ކައިވެނި ހަފްލާއަށް އިޓަލީއަށް ދިޔުމަށް އެއާޕޯޓުގައި -- ފޮޓޯ: ވަރިންދަރް ޗައުލާ
0%
100%
0%

އަނަންތު އަންބާނިއާއި ރަދިކާ މާޗަންޓްގެ ކަައިވެނި ހަފްލާއަކަށް މަޝްހޫރު ތަރިން އިޓަލީއަށް ފުރައިފި އެވެ.

އަނަންތު އަންބާނީ އަކީ އިންޑިއާގެ އެންމެ ބޮޑު މަހުޖަނު މުކޭޝް އަންބާނީގެ ހަގު ދަރިފުޅެވެ. އޭނާ ކައިވެނި ކުރާ ރަދިކާއަކީވެސް ވިޔަފާރި އާއިލާއަކަށް ނިސްބަތްވާ އަންހެނެކެވެ.

މި ދެ މީހުންގެ ކައިވެނީގެ ރަސްމީ ހަފްލާ ޖުލައި 12ގައި ބާއްވަން ހަމަޖެހިފައިވާއިރު އެ ހަފްލާގެ ކުރިން މި ދެ ލޯބިވެރިން ވަނީ މީގެކުރިންވެސް ބައެއް ހަފްލާތައް ބާއްވާފަ އެވެ. އެގޮތުން އިންޑިއާގެ ޖަމަނަންގަރުގައި މި އަަހަރުގެ މާޗު މަހު ކުލަގަދަކޮށް ތިން ދުވަހަށް ދެމިގެންދާ ގޮތަށް ހަފްލާއެއް ބޭއްވިއިރު މި ހަފްލާގައިވެސް ދުނިޔޭގެ އެކި ގައުމުތަކުގައި ފާހަގަކޮށްލެވޭ ސިޔާސީ ބޭފުޅުންނާއި ނުފޫޒުގަދަ ވިޔަފާރިވެރިންނާއި މަޝްހޫރު ފިލްމީ ތަރިން ބައިވެރިވި އެވެ.

އިޓަލީގައި ބާއްވާ މި ހަފްލާއަކީވެސް މިދިޔަ މާޗް މަހު ބޭއްވި ފަދަ ފޯރިގަދަ ހަފްލާއަކަށް ވާނެ ކަމަށްވެ އެވެ. މި ހަފްލާގައި ބޮލީވުޑްގެ އޭ-ލިސްޓްގެ ތަރިން ބައިވެރިވެ އެވެ. މީގެތެރޭގައި ރަންވީރް ސިންގްއާއި، އެމްއެސް ދޯނި، ރަންބީރު ކަޕޫރު އަދި އާލިއާ ބަޓް ހިމެނެ އެެވެ.

އިޓަލީގައި ބާއްވާ ހަފްލާގެ އެއްވެސް ތަފްސީލެއް އަންބާނީގެ އާއިލާ އިން ހާމަކޮށްފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345