ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ މުސާރައާ އިނާޔަތަށް ތިން މިލިއަނަށްވުރެ ގިނަ

Sep 8, 2020
5

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަހަރު ދުވަހުގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިވަޑައިގެންފައި ވާކަން އެމަނިކުފާނުގެ މާލީ ބަޔާނުން ސާފުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަލީ ބަޔާންތައް މަޖިލިސް އިދާރާގެ ވެބްސައިޓުގައި މިހާރު އާންމު ކޮށްފައި ވެއެވެ. އެއީ މެއި 27، 2019 އިން މިއަހަރުގެ މެއި މަހު 28 އަށެވެ. އެ މުއްދަތުގައި މުސާރަ އާއި އިނާޔަތުގައި ގޮތު، ރައީސް ނަޝީދަށް 3.18 މިލިއަން ރުފިޔާ ލިބި ވަޑައިގަންނަވަ އެވެ. އަދި އިންޓްރެސްޓްގެ ގޮތުގައި 36،029 ރުފިޔާ އިތުރުވެ އެވެ.

ތިން ބޭންކެއްގައި ރައީސް ނަޝީދުގެ އެކައުންޓްތައް ހުރި އިރު، ފައިސާ އެންމެ ގިނައީ އިންޑިއާ ބޭންކުގަ އެވެ. އެ ބޭންކުގައި ރައީސް ނަޝީދުގެ 1.59 މިލިއަން ރުފިޔާ ހުރި އިރު ދިވެހި ބޭންކުގެ އެކައުންޓުގައި 41،471.71 ރުފިޔާ ހުއްޓެވެ. ރައީސް ނަޝީދު އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ އެކައުންޓުގައި ވެސް 76،979.62 ރުފިޔާ ހުއްޓެވެ.

މަޖިލިސް ރައީސް މުސާރައަށް ލިބވަޑައިގަންވަނީ 73،000 ރުފިޔާ އެވެ. ކުރީގެ ރައީސްގެ އިނާޔާތުގެ ގޮތުގައި 172،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.