އެޑްވަޓޯރިއަލް

ކްލީކް ކޮލެޖް ޓޫރިޒަމް ކޯހުގައި ބައިވެރިވާންޖެހޭ އަސްލު ވާހަކަ!

Sep 13, 2020

އަދާރަން ކްލަބް ރަންނާޅި ރިސޯޓުގެ އެޗްއާރުގައި މަސައްކަތް ކުރާ، އަހުމަދު ސިރާޖު ޔޫނުސު ޓޫރިޒަމް ސިނާއަތުގައި އުޅޭތާ ތިން އަހަރު ވެއްޖެ އެވެ. މިހާރު އެޗްއާރުގެ މި މަގާމުގައި އޭނާ ހުއްޓަސް ހުވަފެންކީ ކޮންމެވެސް ދުވަހަކު ޓޫރިޒަމް ސިނާއަތުގެ އެންމެ އުހުގައި ހުރުމެވެ. އެންމެ އުހަށް އެރޭނެ ސަނަދެއް ހޯދުމެވެ. އެހެންވެ، އެ ހުވަފެން އޭނާ އަބަދު ވެސް ދެކެ އެވެ. އެކަމަކު މިހާތަނަށް ރާއްޖޭގައި ހުރެގެން، ރިސޯޓުގައި ވަޒީފާ އަދާ ކުރަމުން ކުރިއަށްދާނެ ފުރުސަތެއް ނުލިބެ އެވެ.-- ނަމަވެސް ކްލީކް ކޮލެޖާއި އިނގިރޭސިވިލާތުގެ ކޮންފިޑަރޭޝަން އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ (ސީޓީއެޗްް ޔޫކޭ) ގުޅިގެން ފަށަން ތައްޔާރުވާ ކޯހާއެކު އޭނާގެ ހުވަފެނުގައި ހަގީގީ ކުލަ ޖައްސަން މިވަނީ ފުރުސަތު ލިބިފަ އެވެ. ޓޫރިޒަމް ސިނާއަތުގެ މި ކޯސްތައް ފަރުމާކޮށްފައިވަނީ ވަޒީފާގައި ތިބެ ކިޔަވައިގެން މަތީ ސަނަދެއް ހޯދޭ ގޮތަށެވެ. ހަމައެކަނި ޓެކްސް ފޮތުން ކިޔެވުމުގެ ބަދަލުގައި މަސައްކަތުގެ ތަޖުރިބާއާއެކު ވަޒީފާގައި ތިބެ ކިޔަވަން ފުރުސަތު ލިބޭ ގޮތަށެވެ.

"މިއީ އިންޓަނޭޝަނަލް ސެޓްފިކެޓެއް. އެހެންވެ އަޅުގަނޑު ކުރިމަތިލީ. މި ކޯހުން ރިސޯޓުގެ ހުރިހާ ދާއިރާތަކެއް އެބަ އެނގޭ. އެހެންވެ މި ކޯހުގައި ބައިވެރިވީ.އުންމީދު ކުރަނީ ކޯސް ނިންމާފަ ރިސޯޓުގެ އެހެން ދާއިރާއަކަށް ބަދަލު ވާން. އޭރުން އެހެން ކަންކަން ވެސް އެނގިގެން ދާނެ. ވަރަށް ބޭރުންވޭ ފްރަންޓް އޮފީހުގައި މަސައްކަތް ކޮށްލަން ވެސް،" ސީޓީއެޗްް ޔޫކޭ ސެޓްފިކެޓް ފޯ އިން ހޮސްޕިޓާލިޓީ ކޯހުގައި ބައިވެރިވެފައިވާ ޔޫނުސް ބުންޏެވެ.


މިއީ އެންމެ މީހެއްގެ ވާހަކަ އެކެވެ. ދުނިޔޭގެ ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ގިނަ ބަޔަކު ތަމްރީންވެފައިވާ "ސީޓީއެޗްް ޔޫކޭ" ގެ މިފަދަ ހަގީގީ އެތަށް ވާހަކައެއް އެބައޮތެވެ. މިހާރު މި ކޯސް ބެލެވެނީ މި ފަދަ އެތަށް ދިވެހިންނަށް ޓޫރިޒަމް ދާއިރާ އިން ކުރިއަށް ދާން އޮތް އުންމީދަކަށެވެ.

މާލެ އަތޮޅު، ރިސޯޓެއްގެ ވަޒީފާގައި މީގެ ހަތަރު މަސް ކުރިން އުޅުނު، އެކަމަކު މިހާރު "ހުސްއަތާ ހުރި" އަހުމަދު ޒަރީރުއަކީ ވެސް މި ހުވަފެން ދެކޭ ޒުވާނެކެވެ. އުމުރުން 28 އަހަރުގެ ޒަރީރުއަކީ ކޮވިިޑް-19 އާ ގުޅިގެން ކުރިމަތިވި އިގްތިސޯދަށް ކުރިމަތިވި ގެއްލުމުގެ ދަތު އެންމެ ބޮޑުވި އެކަކެވެ. އޭނާ ފަދަ ޓޫރިޒަމް ސިނާއަތުގެ އެތަށް ބަޔަކު މި ތަދު ދަނީ އިހުސާސް ކުރަމުންނެވެ. އެކަަމަކު ވަޒީފާ އިން ބޭރުގައި މި ވަގުތު ބޭރުގައި ހުރި ނަމަވެސް އޭނާ ވެސް އުންމީދު ކުރަނީ ރަށުގައި ހުރެގެން މި ކޯސް ފުރިހަމަ ކުރުމެވެ.

"މި ކޯސް ރަށުގައި ހުރެގެން އޮންލައިންކޮށް ވެސް ފުރިހަމަ ކޮށްލެވޭ. އެހެންވެ ބައިވެރިވީ. އޭރުން ފަހުން ރަނގަޅުވާނެ،" ޒަރީރު ކިޔައި ދިނެވެ.

ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ "ގޯލްޑް ސްޓޭންޑާޑް ކޮލިފިކޭޝަން ޕްރޮވައިޑާ" ގެ ކޯސްތައް ކްލިކް ކޮލެޖުން ގެނެސް ދިނީވެސް އެހެންވެ އެވެ. މިކޯސްތައް މިހާރުވެފައިވަނީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް، ހާއްސަކޮށް ޓޫރިޒަމް ސިނާއަތަށް ނުކުނަން ބޭނުންވާ ޒުވާނުންނަށް އޮތް ރަނުގެ ފުރުސަތަކަށެވެ.

މި ފުރުސަތަކީ، ގްރޭޑް 10 ނިންމި ދަރިވަރަކަށްވިޔަސް ޓޫރިޒަމް ދާއިރާގައި މިހާރު މަސައްކަތް ކުރަމުން އަންނަ ސްޓާފަކަށް ވިޔަސް ބައިވެރިވެވޭނެ ކޯހެކެވެ. އަދި ދާއިރާގައި މަސައްކަތް ކުރަމުން މާލެ އަށް ކިޔަވަން ނާދެވޭ މީހުންނަށާއި ޕެންޑެމިކްގެ ސަބަބުން ވަޒީފާތައް ގެއްލުނު މީހުން އަލުން ވަޒީފާ އެއް ހޯދާއިރު ތައުލީމީ ގާބިލްކަން ވަރުގަދަ ކުރަން ބޭނުންވާ މީހުންނަށެވެ.


"އަޅުގަނޑުމެން މި ކޯސް ހިންގަން ފުރިހަމަ އަށް ތައްޔާރު ވެފައި މިވަނީ. އެހެންވެ ރިސޯޓުތަކުގައި އުޅޭ ކުދިންނަށް އެންމެ ފަސޭހަވާނެ ގަޑިއަށް ބަލައިގެން ކޯސް ބާއްވާ ގަޑިވެސް ވާނީ ބަދަލުކޮށް. މާލޭގައި ކްލާސް ކުރިއަށްދާއިރު ވަގުތުން ރިސޯޓުގައި ހުންނަ ދަރި ވަރަށް ބައިވެރިވެވޭނެ،" ކްލިކް ކޮލެޖުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި އެވެ.

ކޯހުގައި ބައިވެރިވާންވީ ކީއްވެ؟

އިނގިރޭސިވިލާތުގެ ކޮންފިޑަރޭޝަން އޮފް ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ (ސީޓީއެޗްް ޔޫކޭ) ގެ މިކޯހަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

މި ކޯހުގެ އެންމެ ހާއްސަ ސިފަތައް

1. ގޯލްޑް ސްޓޭންޑާޑް ރެކޮގްނިޝަން: ސީޓީއެޗްް ޔޫކޭ އަކީ، ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ގޯލްޑް ސްޓޭންޑާޑް ކޮލިފިކޭޝަން ޕްރޮވައިޑާ އެކެވެ.
2. އަވަހަށް ކެރިއާ ފެށޭނެ: ސްކޫލް ނިންމާ ދަރިވަރުންނަށް ސީޓީއެޗްގެ ފައުންޑޭޝަން ޕްރޮގްރާމަށް ވަގުތުން ޖޮއިން ކުރެވޭނެ އެވެ.
3. ޕްރެކްޓިކަލް ސިލަބަސް: މި ކޯހުގައި، ފުޑް އެންޑް ބެވަރެޖަސް، ގެސްޓް ރިލޭޝަންސް ފަދަ ކަންކަން ކިޔަވައިދޭއިރު ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ޕްރެކްޓިކަލް ސަބްޖެކްޓުތަކުން ފައިދާ ކުރާނެ އެވެ.
4. ވަޒީފާގެ ފުރުސަތު: ޓޫރިޒަމް ދާއިރާގެ އެކި ރިސޯޓުތަކާއި ހޮޓާތަކުން އިންޓާންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ކޯހުގެ ބައިވެރިންނަށް ލިބޭނެ އެވެ. އަދި ދާއިރާގެ މުހިއްމު މީހުންނާ ބައްދަަލުވާނެ އެވެ.

5. ކޮންވީނިއަންސް: އޮންލައިން ކޮށް ނޫނީ ފޭސް ޓު ފޭސް ކޮށްވެސް މި ކޯސް ކުރި އަށްގެން ދެވޭނެ އެވެ. އަދި، ކިޔަވާ ގަޑިތަކުގެ ވަގުތުތަކަކީ ފްލެކްސިބަލް ގަޑިތަކަށް ހެދޭނެ އެވެ.
6. ފްރީ ޑިގްރީ ސްކީމް: ކްލިކްގެ މި ކޯހަކީ ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމުގެ ދަށުގައި ހިމެނޭ ކޯހެކެވެ.
7. ހުސްނުވާ ފުރުސަތުތައް: މި ޕްރޮގްރާމަކީ އިންޓަ ކޮންޓިނެންޓަލް ހޮޓެލް ގްރޫޕް އާއި ރެޑިސަން ގްރޫޕް އަދި ސްޓާ އެލައެންސް ފަދަ ކުންފުނިތަކާ ޕާޓްނާޝިޕް / އެންޑޯޒް ކޮށްފައިވާ ޕްރޮގްރާމެކެވެ. ކޮންމެ ސްޓޭޖެއް ނިންމުމަށްފަހު ބޭރުގެ ޔުނިވާސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު ފަހިވާނެ އެވެ.

ސިނާއަތުގެ ބޭފުޅުން ދެކެނީ އުންމީދީ ނަޒަރަކުން

އޮންލައިންކޮށް ނުވަތަ ކްލީކް ކޮލެޖަށް ގޮސްގެން ވެސް ބައިވެރިވެވޭ މި ކޯހާމެދު ޓޫރިޒަމް ސިނާއަތުގެ ބޭފުޅުން ދެކެވަޑައިގަންނަވަނީ ކިހިނެއް ހެއްޔެވެ؟

މިހާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއަކީ މި ސިނާއަތަށް މީހުން ބިނާ ކުރުމުގައި ގިނަ ހިދުމަތްތަކެއް ކުރެވި ބޭފުޅެކެވެ. މި ކޯހާ ބެހޭގޮތުން ޓޫރިޒަމް މިނިސްޓަރު، ޑރ. މައުސޫމް ވިދާޅުވީ މިއީ ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ދާއިރާ އިން އިންޓަނޭޝަނަލް ސްޓޭންޑާޑް އަށް ކިިޔަވަން ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ސަބަބުން، ހޮސްޕިޓާލިޓީ ދާއިރާގެ މަތީ މަގާމުތަކުން ދިވެހިން ފެންނާނެ ކަމަށެވެ.

ހޮޓެލް ޖެންގެ ސޭލްސް ޑިރެކްޓަރު ޝަފިއްޔާ ވިދާޅުވި ގޮތުގައި މި ސިނާއަތުގައި އެންމެ ރަނގަޅު ހިދުމަތެއް ލިބޭނީ ކަމުގެ ތައުލީމާއި ތަމްރީނުން ކަމަށެވެ.

"މިއީ ތައުލީމާއި ތަމްރީން ލިބޭނެ ކޯހެއް. އެހެންވެ ސީޓީކޭ- ޔޫކޭގެ މި ކޯހަކީ އަލަށް ނުކުންނަ ކުދިންނަށް ރަނގަޅު ފުރުސަތެއް،" ޝަފިއްޔާ ވިދާޅުވި އެވެ.

އަދާރަން ގްރޫޕް އޮފް ކޮމްޕެނީސްގެ އެސިސްޓެންޑް ޖެނެރަލް މެނޭޖަރު- ޓެލެންޓު މެނޭޖަރު އެންޑް ކޮލިޓީ އެޝުއަރެންސް ތަރަކާ އަޕުއަމީ ވިދާޅުވި ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީ ބޭނުންވަނީ ތައުލީމާއި ގާބިލްކަން ހުރި މީހުން ކަމަށެވެ. ސީޓީއެޗްގެ މި ކޯސްތަކުގެ ސަބަބުން ޓޫރިޒަމްގެ ސިނާއަތުގެ މަސައްކަތްތެރިންގެ އާ ޖީލެއް އުފެދިގެންދާނެ ކަމަށެވެ.

ތާޖު އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގެ އެޗްއާރު ހުސެއިން ޝުއާޒް ވިދާޅުވި ގޮތުގައި މިއީ މުހިންމު ކޯހެއް ކަމާ، މި ކޯހަށް އެ ރިސޯޓުގެ އިޖުރިމާއި ޒިންމާގެ ދަށުން އެހީތެރިކަން ދޭނެ ކަމަށެވެ.